އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފައިދާއެއް ނެތް ޕްރޮގްރާމްތަކުގެ އަވާގައި ޖެހި ރޭ އަޅުކަމުން މަޙްރޫމް ނުވުމަށް ޑރ.އިޔާޟް އިލްތިމާސް ކުރައްވައިފި

ފައިދާއެއް ނެތް ޕްރޮގްރާމްތަކުގެ އަވާގައި ޖެހި ރޭ އަޅުކަމުން މަޙްރޫމް ނުވުމަށް ޑރ.އިޔާޟް އިލްތިމާސް ކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު

ތިމާއަށް އެއްވެސް ފައިދާއެއް ނެތް ޕްރޮގްރާމްތަކުގެ އަވާގައި ޖެހި ރޭ އަޅުކަމުން މަޙްރޫމް ނުވުމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް އިލްތިމާސް ކުރައްވައިފި އެވެ. 

ރަމަޟާން މަހުގެ ރޭތައް ފާއިތުވެގެންދަނީއެވެ. އަދިވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައަކު ވަނީ ޣާފިލުކަމުގައެވެ. ރޭއަޅުކަމުގައި ބައިވެރިވަނީ މަދު ބައެކެވެ. ރާއްޖޭގެ އާބާދީއަށް ބަލައިފިނަމަ އެންމެ ކުޑަމިނުން ތަރާވީޙް ނަމާދުކުރަނީ ވެސް މަދުބައެކެވެ. ތަރާވީޙް ނަމާދަށް ދާ މީހުންގެ ތެރެއިން އިމާމާ ނިންމަންދެން މަޑުކުރަނީ ވެސް މަދު ބައެކެވެ. ގިނަ ބައަކު ވަކި ހިސާބަކުން ފައިބައިގެންދަނީއެވެ. މުޅި ރޭ އަޅުކަންކުރިކަމުގެ ސަވާބު ލިބޭނީ އިމާމާ ނިންމަންދެން އިޤްތިދާވެގެން ހުރެއްޖެ މީހަކަށެވެ. 

ރޭގަނޑު ނުނިދައި މަޑުކުރާނަމަ މަޑުކުރަންވީ ފައިދާއެއް ނެތް ޕްރޮގްރާމްތައް ބަލާކަށް ނޫނެވެ. ސޯޝަލް މީޑިއާގައި ވަގުތު ހޭދަކުރާކަށް ނޫނެވެ. ގޭމްތަކާއި ކުޅިވަރު ކުޅުމަކަށް ނޫނެވެ. ކުރަން އޮތް ކަމަކީ ތިމާއަށް ފައިދާ ކުރާނެ ކޮންމެވެސް ކަމެއް ކުރުމަށެވެ. މާނައަކީ ﷲ ތަޢާލާ ސަވާބު ދެއްވަވާނެ ކޮންމެވެސް އަމަލެއް ކުރުމަށެވެ. 

ފާއިތުވި ރަމަޟާން މަހުގެ ހަނދާންތައް އިއްޔެވީކަމެއްހެން ހުއްޓައި އަހަރެއް ފާއިތުވެ އަނެއްކާވެސް ރަމަޟާން މަހެއް މިވަނީ ބައްދަލުކޮށްފައެވެ. 365 ދުވަސް ފާއިތުވެގެން ދިއަކަން ނުއެނގުނު ފަދައިން ނުވެސް އެނގި ތިއްބައި ރަމަޟާން މަހުގެ 30 ދުވަސް ފާއިތުވެގެން ހިނގައިދާނެއެވެ. ވީމާ ރަމަޟާން މަހުގެ 30 ދުވަހަކީ މާ ގިނަ ދުވަސްތަކެއް ކަމަށް ބަލައިގެން އެންމެ ވަގުތުކޮޅެއް ވެސް ބޭކާރު ނުކުރާށެވެ! ކިތަންމެ ކުޑަ ވަގުތުކޮޅެއްގެ ބޭނުންވެސް ތިމާގެ އާޚިރަތަށް ފައިދާކުރާނެ ގޮތަށް ހިފާށެވެ!

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް