އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

10އަހަރު ނަމަވެސް ބާލިޣްވެއްޖެ ނަމަ ގެއްލޭ ރޯދަ ޤަޟާކުރަން ޖެހޭނެ!: ޑރ.އިޔާޟް

10އަހަރު ނަމަވެސް ބާލިޣްވެއްޖެ ނަމަ ގެއްލޭ ރޯދަ ޤަޟާކުރަން ޖެހޭނެ!: ޑރ.އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު

ޝަރުޢީ އަޅުކަންތައް ވާޖިބު ކުރައްވަވައި ތަކްލީފް ޖެއްސެވުމުގައި ﷲ ތަޢާލާ ބައްލަވައިވޮޑިގެންވަނީ ކުއްޖާގެ އުމުރަކަށް ނޫނެވެ. އެކަލާނގެ ކަނޑައަޅުއްވަވާފައިވާ ޝަރުޠަކީ ބާލިޣުވުމެވެ. 

10 އަހަރުގެ ކުއްޖަކު ނަމަވެސް ބާލިޣްވެފައިވާނަމަ ގެއްލޭ ރޯދަތައް ޤަޟާކުރަން ވާޖިބު ވާނެއެވެ. އަދި ބާލިޣް ނުވާނަމަ ރޯދަ ހިފުން ވާޖިބު ނުވާނެއެވެ. އަދި ގެއްލޭ ރޯދަ ވެސް ޤަޟާކުރާކަށް ނުޖެހޭނެއެވެ. 

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ޑރ. އިޔާޟްގެ އިތުރު ބަސްފުޅެއްގައިވެއެވެ. ބާލިޣްވުމުން ނަމާދުވާޖިބުވާނެއެވެ. ނަމާދު ނުކުރާނަމަ ދާނީ ނަމާދަށް ދަރަމުންނެވެ. 

ކަން މިހެން އޮތް ނަމަވެސް އަދި އެންމެ މުހިންމު ކަމަކީ ނަމާދުކުރުން ނަމަވެސް ދަރިން ލައްވައި ނަމާދުކުރުވަން ސަމާލުކަން ދެނީ ވަރަށް މަދު ބެލެނިވެރިންނެވެ. ދަރިފުޅަށް ހެޔޮ އެދޭނަމަ، ދަރިފުޅު ދެކެ ލޯބިވާނަމަ، ފުރަތަމެއްގެ ގޮތުން ކުއްޖާ ލައްވައި ނަމާދުކުރުވައި އެކަމުގެ އާދަ ހިއްޕުވާށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް