އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރެސިޕީ: ޕޮޕްކޯން ޗިކަން

ރެސިޕީ: ޕޮޕްކޯން ޗިކަން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 53 ސިކުންތު

ގިނަ ކުޑަކުދިންނަށް ވަރަށް ކަމުދާ މިޑިޝްއަކީ، ފާސްޓް-ފުޑް ޗެއިން އަކުން ފުރަތަމަ ތަޢާރަފްކުރި ޑިޝް އެކެވެ. ނަމަވެސް މިއީ ގޭގައި ވެސް ފަސޭހައިން ތައްޔާރު ކޮށްލެވޭނެ މީރު ކާނާއެކެވެ. 

ބޭނުންވާނެ ތަކެތި:

މެރިނޭޑް ކުރުމަށް

 

· 2 ޗިކަން ބްރެސްޓް (ކިއުބްކޮށް ކޮށާފަ)

· 1 މޭޒުމަތީ ސަމުސާ ވިނެގާ

· 1 ސައިސަމުސާ ވައިޓް ޕެޕާރ (ހުދު އަސޭމިރުސް)

· ލޮނު

· 1 ސައިސަމުސާ ތެޅިމިރުސް

 

ބޭރުގައި ހާކާ ފުށްގަނޑު ހެދުމަށް

· ¾ޖޯޑު ފުށް

· 1 ޖޯޑު ފާރޮށި ކުނޑި

· ލޮނު

· 1 ސައިސަމުސާ ވައިޓް ޕެޕާރ

· ¼ ސައިސަމުސާ ލޮނުމެދު ޕައުޑަރ (ވަރަށް ކުދިކޮށް ކޮށާފަ ޗިސްކޮށްފަ ހުންނަ ލޮނުމެދު ވެސް ރަނގަޅު ވާނެ)

· 1 ސައިސަމުސާ އޮރެގާނޯ

· 1 ފިޔާ (ވަރަށް ކުދިކޮށް ކޮށާ ޗިސްކޮށްފަ)

· 1 ސައިސަމުސާ ތެޅިމިރުސް

· 2 ބިސް

 

ތައްޔާރު ކުރާނެ ގޮތް:

· މެރިނޭޓް ކުރުމަށް ބޯތައްޓެއްގައި ކުކުޅު، ވިނެގާ، ވައިޓް ޕެޕާރ، ލޮނު އަދި ތެޅިމިރުސް އެއްކޮށްލާށެވެ. ކުކުޅު ކޮޅުގައި އެއްކޮށް މިރުސްގަނޑު ހޭކުމުން، 2-3 ގަޑިއިރު ވަންދެން މައްޗެއް ޖަހާފައި ކުކުޅުކޮޅު ބަހައްޓާށެވެ.

· ފުށްގަނޑު ތައްޔާރު ކުރުމަށް ފުށާއި، ފާރޮށިކުނޑި، ލޮނު، ވައިޓް ޕެޕަރ، ލޮނުމެދު ޕައުޑަރ (ނުވަތަ ލޮނުމެދުކޮޅު)، އޮރެގާނޯ، ފިޔާ އަދި ތެޅި މިރުސް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ.

· ދެން ކުރިން މެރިނޭޓް ކުރި ކުކުޅު ކޮޅު ގައި ބިސް ހާކާށެވެ.

· އެއަށްފަހު ބިސް ހޭކި ކުކުޅުކޮޅުގައި، ކުރިން ތައްޔާރު ކުރި ފުށްގަނޑު ރަނގަޅަށް ހާކާލުމަށްފަހު (ރަންކުލަ އަރަންދެން) ތެއްލާލާށެވެ.

ޕޮޕްކޯން ޗިކަން ތައްޔާރު ކުރެވުނީއެވެ.

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު