އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވިލާ ކޮލެޖުގެ ކޯސްތައް ފަށައިފި

ވިލާ ކޮލެޖުގެ ކޯސްތައް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

ވިލާ ކޮލެޖުގެ ކިއު.އައި ކެމްޕަސްގެ އިތުރުން ރަށްރަށުގައި ހުންނަ ކެމްޕަސްތަކާއި ލާނިން ސެންޓަރުތަކުގައި މެއި މަހުގެ އިންޓޭކުގެ ކިޔެވުން އާދިއްތަ ދުވަހު ފަށައިފިއެވެ.

މެއި މަހު ކިޔެވުންފެށި ދަރިވަރުންގެ އޮރިއެންޓޭޝަން ބާއްވައި ވިލާ ކޮލެޖު ސްކޮލަޝިޕް ހާސިލްކުރި ދަރިވަރުންނަށް ހަނދާނީ ލިޔުން ދީފައި ވަނީ ވިލާ ކޮލެޖުގެ ހޯލުގައެވެ.

2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ފީ ދެއްކުމުގައި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމަށް ދަރިވަރުންނަށް މަހުން މަހަށް ފީ ދެއްކޭނެ އިންތިޒާމް ވެސް ވިލާ ކޮލެޖުން ވަނީ ހަމަޖައްސައިފައެވެ.

ވިލާގެ ކެމްޕަސް ތައް މާލޭގެ އިތުރުން ސ. ހިތަދޫ އާއި ޅ.ނައިފަރާއި ހދ. ކުޅުދުއްފުއްޓާއި ށ.ފުނަދޫ އާއި ގުރައިދޫ އާއި އދ. މަހިބަދޫގައި ހުރެއެވެ. އަދި ހއ.ހޯރަފުށި، ށ. ކޮމަންޑޫ، ނ. ކެނދިކުޅުދޫ، ރ.އުނގޫފާރު، ރ.އަލިފުށި، ރ.މާކުރަތު، ބ.އޭދަފުށި، ބ. ތުޅާދޫ، އއ.އުކުޅަސް، އދ.މާމިނގިލި، ދ.ކުޑަހުވަދޫ، ފ. ނިލަންދޫ، ހއ. ދިއްދޫ، ގއ.ވިލިނގިލި އަދި ގދ.ގައްދޫ ގައި އެކޮލެޖުގެ ލާނިން ސެންޓަރުތައް ގާއިމްކޮށްފައި ވެ އެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު