އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ ޤާނޫނުގަ ފާފަކުރަން ފުރުޞަތު ދީފައޮތް މިންވަރު - ކުޑަކުދިން ލޯބިވެރިންނާއެކު ޒިނޭކޮށްގެން ދަރިން ހޯދާތޯ؟

ރާއްޖޭގެ ޤާނޫނުގަ ފާފަކުރަން ފުރުޞަތު ދީފައޮތް މިންވަރު - ކުޑަކުދިން ލޯބިވެރިންނާއެކު ޒިނޭކޮށްގެން ދަރިން ހޯދާތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 40 ސިކުންތު

މިހައި ތަނަށް ރާއްޖޭގައި ކުޑަކުދިން ކަމުގައި ބަލައިގެން އައީ މައިން ބަފައިންގެ ބެލެނެވިވެރިކަމުގެ ދަށުގައި ތިބޭ، ސްކޫލް މަދުރަސާތަކަށް ގޮސް ކިޔަވައި އުޅޭ ކުދިންނަށެވެ. ކައިވެނިކޮށްފިނަމަ އަންހެން ކުދިން އަނހެނުންނަށް ބަދަލުވެއެވެ. 

މިހާރު ފުލުހުން މިބުނަނީ 15 އަހަރުގެ އަންހެން ކުއްޖަކު ޒިނޭގެ ދަރިއެއް ވިހައިފި ކަމަށެވެ. ނަމަވެސް އެއީ ކުޑަކުއްޖަކަށްވާތީ އިތުރު މައުލޫމާތެއް ހާމަކުރެވެން ނެތް ކަމަށެވެ. އަދި އެ ކުއްޖާގެ މައުލުމާތު ހާމަކޮށްފިނަމަ ދައުލަތުން ދައުވާކުރާނެ ކަމުގެ ބިރުވެސް އެބައޮތެވެ. އިތުރަށް މިއެނގެނީ އެ ކުއްޖާއަށް ޒިނޭގެ ދަރިއެއް ލިބުނީ ކޯޓުގައި ކައިވެނި ނުކުރި ނަމަވެސް އަދި އެއްވެސް ސިފައެއްގައި ކައިވެނި ނުކުރި ނަމަވެސް ފިރިއެއް ފަދައިން ފިރިހެނަކު ގެންގުޅެ، އެކުގައި ޒިނޭ ކުރަމުން ގެންދާތާ އެތައް ދުވަހެއް ފަހުން ކަމެވެ! 

ކުޑަކުދިންނަކީ ލޯބިވެރިން ގެންގުޅެ ޒިނޭކޮށް ޒިނޭގެ ދަރިން ހޯދާ ބައަކު ކަމުގައި ވެއްޖެ ނަމަ ބޮޑެތި އަންހެނުން އިތުރަށް އޮތީ ކޮން ކަމެއްބާވައެވެ! 

ހަމަ ޔަޤީނުންވެސް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ﷲ ތަޢާލާއަށް ގޮންޖަހައި ޤާނޫނުތައް ފާސްކުރި ނަމަވެސް އެކަމުގެ ޝަރުޢީ ޙުކުމް މިއޮތީ ފެންނާށެވެ. ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ބަޔާން ކުރައްވާފައިވާ މި ބަޔާން ކުރެއްވުން ނިކަން ދޮގުކޮށް ބަލާށެވެ. 

"ޝަރުޢީ އަޅުކަންތައް ވާޖިބު ކުރައްވަވައި ތަކްލީފް ޖެއްސެވުމުގައި ﷲ ތަޢާލާ ބައްލަވައިވޮޑިގެންވަނީ ކުއްޖާގެ އުމުރަކަށް ނޫނެވެ. އެކަލާނގެ ކަނޑައަޅުއްވަވާފައިވާ ޝަރުޠަކީ ބާލިޣުވުމެވެ. - ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް" 

ދަރިއަކު ވިހެއި 15 އަހަރުގެ ކުއްޖާއަކީ ބާލިޣް ނުވާ  ނުވަތަ ވިހެއީ ބާލިޣް ނުވެ ހުރެ ކަމަށް ވެއްޖެނަމަ އޭނާ ވިހެއީ ކުޑަ ކުއްޖެއްގެ ގޮތުގައި ހުރެއެވެ. ކުއްޖާ ވިހެއީ ބާލިޣް ވެފައިވާ ހާލުގައި ކަމަށްވާނަމަ އެއީ ހަމަ ތަކްލީފް ލިބިގެންވާ އަންހެނެކެވެ.

އިސްލާމް ދީނާއި ތަޢާރަޒްވާ ޤާނޫނެއް ރާއްޖެއަކު ނުހެދޭނެއެވެ. ހެދި ނަމަވެސް ބަލައިގަންނާކަށްވެސް ނުޖެހޭނެއެވެ. އަދި އެފަދަ ޤާނޫނަކަށް އަމަލު ނުކޮށްގެން ދެވޭނެ އަދަބެއް ވެސް އޮވެގެން ނުވާނެއެވެ. އެހެންކަމުން އަޅުގަނޑުގެ ވިސްނުމަކީ ﷲ ތަޢާލާއަށް ގޮންޖަހައި ފާސްކޮށްފައިވާ މިބާވަތުގެ މުރުތައްދު ޤާނޫނުތަކަށް އަމަލު ނުކުރުމެވެ. ރާއްޖެ ފަސާދަވަމުން މިދާ އެންމެ ބޮޑު އެއް ސަބަބަކީ ﷲ ތައާލާގެ ނިންމެވުންތަކަށް ގޮން ޖަހައި ފާފަ ކުރުމަށް މަގުފަހިކޮށްދީ ފާފަކުރަން ހިތްވަރު ދިނުމަށް މަޖިލީހުން މިފަދަ ގިނަ ޤާނޫނުތަކެއް ފާސްކޮށްފައިވުމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް