އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ހަމަ މިރޯދަމަހު 10ރޯދަ ހިފައި އިތުރު 50ރޯދައިގެ ސަވާބަށް އެދޭ ޚާލިޤްގެ ވާހަކަ!

ހަމަ މިރޯދަމަހު 10ރޯދަ ހިފައި އިތުރު 50ރޯދައިގެ ސަވާބަށް އެދޭ ޚާލިޤްގެ ވާހަކަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 38 ސިކުންތު

ހަމަ މިރޭ ހިނގައި ދިއަ ކަމެކެވެ. ތަރާވީޙް ނަމާދަށްފަހު 3 އެކުވެރިއަކު ތިބީ ސައިތަށްޓެއްބޯށެވެ. ސަމާސަ މިޒާޖެއްގައި އެކަކު ސުވާލުކުރިއެވެ. "ކޮބާ ޚާލިޤް މިހާރު މިމަހު ކިތަށް ރޯޑަ ހިފައިފިން ހެއްޔެވެ؟" 

ޚާލިޤް ދިނީ ވަރަށް އާދައާ ޚިލާފް ޖަވާބެކެވެ. "އަހަރެންނަށްވެސް ހިފުނީ ހަމަ 10 ރޯދައެވެ. ދުޢާ އަކީ އެ 10 ރޯދަ ﷲ ތަޢާލާ ޤަބޫލުފުޅު ކުރެއްވެވުމެވެ. ހަމަ އެއާއިއެކު އިތުރު 50 ރޯދައިގެ ސަވާބަށް އަހަރެން އުންމީދުކުރަމެވެ." 

ޚާލިޤްގެ ޖަވާބުން 2 ރަޙްމަތްތެރިންނަށް ލިބުނީ ކުއްލި ޙައިރާން ކަމެކެވެ. "ތިއައީ ކިހިނަކުން ވާނެ ކަމެއް ހެއްޔެވެ؟ ޚާލިޤް ރޯދައެއް ހިފާއިރަށް އިތުރު 5 ރޯދައިގެ ސަވާބު ލިބެނީ ކިހިނަކުން ހެއްޔެވެ؟" 

ޚާލިޤް ބުންޏެވެ. "ރަހްމަތްތެރިންނޭވެ ކަލޭމެން އަހަރެންނަށްވުރެ މުއްސަނދި ނަމަވެސް ކަލޭމެން ތިއަ ތިބީ މި ޙަދީޘްފުޅު މަތިން ހަނދާން ނެތިފައެވެ.  

Praise be to Allaah.

It was narrated that Zayd ibn Khaalid al-Juhani said: The Messenger of Allaah (peace and blessings of Allaah be upon him) said: “Whoever gives iftaar to one who is fasting will have a reward like his, without that detracting from the reward of the fasting person in the slightest.”  

Narrated by al-Tirmidhi, 807; Ibn Maajah, 1746. Classed as saheeh by Ibn Hibaan, 8/216 and by al-Albaani in Saheeh al-Jaami, 6415.

(މީހަކަށް ރޯދަ ވީއްލަން ދީފިނަމަ، އެމީހަކު ހިފި ރޯދައިން އެއްވެސް މިންވަރެއް އުނި ނުކުރައްވަވައި އޭނާ ހިފި ރޯދައާއި އެއްވަރުގެ ސަވާބެއް ރޯދަވީއްލަން ދިން މީހާޢަށް ﷲ ތަޢާލާ ދެއްވަވާނެތެވެ.) ޞަހީޙް ޙަދީޘް 

އަހަރެން މިހަދީޘްފުޅަށް އަމަލުކުރަން މަސައްކަތް ކުރަމެވެ. އަދި މިބުނީ ފުރިހަމަ އަދަދެއްވެސް ނޫނެވެ. އެއަށްވުރެ ވެސް ގިނަވާނެއެވެ. ކުރާ އަޅުކަމާއި ޞަދަޤާތުގެ ވާހަކައެއް ނުދެއްކޭނެއެވެ. މިކަން ތިއަ ރަޙްމަތްތެރިންގެ ސަމާލުކަމަށް މި ގެނައީ މިކަމަށް ތިއަ 2 ރަޙްމަތްތެރިންގެ ހިތުގައިވެސް ޝައުޤްވެރިކަން އުފެއްދުމުގެ މަޤްޞަދުގައެވެ. 

މީގެ 6 މަސް ދުވަސް ކުރިން މިކަމަށް އަހަރެން ފައިސާ އެއްކުރަން ފަށައިފީމެވެ. އަހަރެންގެ މަޤްޞަދަކީ ރަމަޟާން މަހުގެ ކޮންމެ ދުވަހަކުވެސް ކޮންމެވެސް ބައަކަށް ރޯދަ ވީއްލަން ދިނުމެވެ. ﷲ ތައާލާގެ ވާގިފުޅާއިއެކު އެކަން އަހަރެން ކުރާނަމެވެ." 

(މިއީ މެލޭސިޔާގައި ހުރި މިއަދުނޫހުގެ އަހުލުވެރިއަކު މިރޭ ފޮނުވި މެސެޖެއް އަސްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.) 

ޢަބްދުﷲ އިބްން ޢުމަރު (ރޢ) އިމާމް އަޙްމަދު، މާލިކް ބިން ދީނާރު، ފަދަ ބޭކަލުން މިމަތިވެރިއަޅުކަން ދެމެހެއްޓެވިއެވެ. ޢަބްދުﷲ އިބްން ޢުމަރު (ރޢ) ކޮންމެ ދުވަހަކު ރޯދަވީއްލަވައި އުޅުއްވީ ފަޤީރުން ހޯއްދަވައިގެން އެމީހުންނާއިއެކުގައެވެ. 

ބައެއް ބޭކަލުން ރޯދަވީއްލަން ދެއްވާއިރު މެހްމާނުންނަށް ޚިދުމަތް ކުރައްވަވަނީވެސް އެބޭކަލުންގެ އަތްޕުޅުންނެވެ. އެކަމުން ވެސް އިތުރު ސަވާބު ހޯއްދެވުމުގެ ބޭނުންފުޅުގައެވެ. 

ވީމާ ތަށިބަރި ފޮނުވައިގެންނާއި އެހެން ގޮތްގޮތުންވެސް ރޯދަވީއްލުން ދޭންވީ ކޮން ބައަކަށްކަން މިއޮތީ ވަރަށް ސާފުކޮށް އެނގޭށެވެ.

 

 

އާރޓިކަލް ރޭޓްކުރައްވާ


8%
ވ.ރަނގަޅު
25%
ރަނގަޅު
25%
އޯކޭ
41%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް