އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތުއްތު ދަރިންގެ ފުރާނައަށްވުރެ "ވަޖިދު ސްޕީޑް"ގައި ދުއްވުން އުފަލަކަށް ހަދަން ފެށުމުން ފުލުހުންނަށް ޖެހޭނީ ކުއްޖާއަށް އެކަނި އިނދެވޭތޯ ބަލަން!

ތުއްތު ދަރިންގެ ފުރާނައަށްވުރެ "ވަޖިދު ސްޕީޑް"ގައި ދުއްވުން އުފަލަކަށް ހަދަން ފެށުމުން ފުލުހުންނަށް ޖެހޭނީ ކުއްޖާއަށް އެކަނި އިނދެވޭތޯ ބަލަން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު

ކޮންމެ މީހަކުވެސް އެންމެ ލޯބިވާނީ އެމީހެއްގެ ތުއްތު ދަރިންދެކެއެވެ. ދަރިން ގޮވައިގެން ދުއްވާލަން ދަނީވެސް އެ ކުދިންނަށް އުފާ ހޯދައި ދިނުމަށެވެ. ނަމަވެސް މިހާރު މިފެންނަން ފެށީ ކުދިންގެ ފުރާނައަށްވުރެ ވަޖިދު ސްޕީޑްގައި ދުއްވުމަށް ލޯބިކުރެވޭ ތަނެވެ.

އިއްޔެއަކީ މިކަމުގެ ތާރީޚީ ފެށުން ހިނގައިދިއަ ދުވަހެވެ. ބްރިޖް އާއި ހައިވޭގައި ހިނގި ކަމަށް މިއަދުނޫހަށް މައުލޫމާތު ލިބިފައިވާ މިފަދަ އެކްސިޑެންޓް ހިނގި ދުވަހެވެ. އިއްޔެ 6.45 ހައިއިރު އުމުރުން 1 އަހަރާއި 9 މަހުގެ ތުއްތު ކުއްޖަކު ގޮވައިގެން ސައިކަލު ދުއްވި 46 އަހަރުގެ މީހަކު ވަޖިދު ސްޕީޑްގައި ދުއްވުމުން ވަނީ ފެންސްގައި ޖެހި އޭނާ އޭނާއަށާއި ކުއްޖާއަށް އަނިޔާވެފައެވެ.

ދުއްވި މީހާއަށް އަނިޔާވުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. އެއީ އޭނާ އަމިއްލައަށް އަމިއްލަ ނަފުސަށް ކުރި އަނިޔާއަކަށްވާތީއެވެ. ހިތާމައަކީ ހެލްމެޓް އަޅުވާފަ އިން ނަމަވެސް ކުއްޖާގެ ބޮލަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައިވުމެވެ. ދުއްވީ ކުއްޖާގެ ބައްޕަ ކަމަށްވީ ނަމަވެސް ކުއްޖާއަކީ ހަމައެކަނި ބައްޕަގެ ޙައްޤެއް ނޫނެވެ. މަންމަގެ ވެސް ޙައްޤު އޮންނާނެއެވެ.

ޓްރޯސްޕޯޓް އޮތޯރިޓީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ސައިކަލުގައި ގެންދެވޭނީ ކުއްޖާއަށް އެކަނި ސައިކަލުގައި އިނދެވޭވަރުގެ ކުދިން ކަމަށެވެ. އެހެންކަމުން ބެލްޓް އަޅުވައިގެން، ވާޖަހައިގެން ކެރިއަރަށް ލައިގެން ކުދިން އުފުލުމަކީ ކުރުން ހުއްދަ ކަމެއް ނޫނެވެ.

ތުއްތު ކުދިންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ފުލުހުންނަށް ދެން ކުރަން ޖެހޭނެ ކަމަކީ ކުދިން ގޮވައިގެން ދާ ސައިކަލްތައް ހުއްޓުވައި ކުއްޖާއަކީ އެކަނި އިނދެވޭވަރުގެ ކުއްޖެއްތޯ ބެލުމެވެ. އެކަން ކުރަން ފަށައިފިނަމަ ވެސް ރުޅި އަންނާނީ ފުލުހުން ދެކެއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ އިސް ވެރިއަކު މިއަދު ވިދާޅުވީ ރޭ ހިނގި އެލްސިޑެންޓުގެ މައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް