އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ޔާމީންގެ އެކައުންޓުތައް އަނެއްކާވެސް ފްރީޒް ކޮށްދިނުމަށް ސުޕްރީމް ކޯޓުގައި އެދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓުތައް އަނެއްކާވެސް ފްރީޒް ކޮށްދިނުމަށް ސުޕްރީމް ކޯޓުގައި އެދިއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

ކުރީގެ ރައީސް އަދި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ބޭންކް އެކައުންޓުތައް އަނެއްކާވެސް ފްރީޒް ކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އިން ސުޕްރީމް ކޯޓުގައި މިއަދު އެދިއްޖެއެވެ.

ޕީޖީއިން ފްރީޒް ކޮށްދިނުމަށް އެދިފައިވާ ރައީސް ޔާމީންގެ އެކައުންޓުތަކަކީ ބީއެމްއެލްއާ މޮރީޝިއަސް ބޭންކްގައި ހުޅުވާފައިވާ އެކައުންޓުތަކާއި އޭގެއިތުރަށް އިސްލާމިކް ބޭންކްގެ އަށް އެކައުންޓަކާއި އަދި ފްރީޒު ކުރުން ހުއްޓުވި ހައިކޯޓުގެ ހުކުމް ބާތިލް ކުރަން ވެސް ވަނީ އެދިފަ އެވެ. މީގެއިތުރަށް އިސްލާމިކް ބޭންކުގެ އަށް އެކައުންޓު ފްރީޒް ކުރުމަށް ކުރި އަމުރު ހައިކޯޓުން ބާތިލް ކޮށްފައިވާތީ ހައިކޯޓުގެ އެ ޙުކުމްވެސް ބާތިިލް ކޮށްދިނުމަށް ޕީޖީއިން ވަނީ އެދިފައެވެ.

ޕީޕީއެމްގެ ރައީސް ކަންވެސް ކުރައްވާ ރައީސް ޔާމީންގެ އެކައުންޓު ތަކުގެ ތެރެއިން ފްރީޒު ކުރުމަށް މީގެކުރިން ހަމައެކަނި އެދިފައިވަނީ ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އަށް އެކައުންޓެކެވެ. ނަމަވެސް އިތުރު ދެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓުތައް ފްރީޒު ކޮށްދިނުމަށް އެދުން މިއީ ފުރަތަމަ ފަހަރެވެ.

ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބަލާ މި މައްސަލާގައި ދެން އޮންނާނީ ޙުކުމް އިއްވުންކަމަށެވެ. 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު