އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލުތުފަރު މަރާލީ އެއް ޖިންސުން ގުޅުން ހިންގާތީ!: ޕޮލިސް

ލުތުފަރު މަރާލީ އެއް ޖިންސުން ގުޅުން ހިންގާތީ!: ޕޮލިސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު

ށ. ޅައިމަގުގައި ދުއްވާ "ކުރިމަގު 1" ބޯޓުގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި ބަންގްލަދޭޝްގެ ލުތުފަރު މަރާލީ އެއް ޖިންސުން ގުޅުން ހިންގާތީ އެކަމާ ހިތްހަމަނުޖެހިގެން ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ ލުތުފަރަކީ ކުރިމަގު ބޯޓުގައި މަސައްކަތްކުރަމުންދިޔަ އިތުރު އެހެން ބިދޭސީންނާ އެއް ޖިންސުން ޖިންސީ ގުޅުން ހިންގަން މަސައްކަތްކުރަމުންދިޔަ މީހެއްގެ ގޮތުގައި އެ މައުލޫމާތު ތަހުގީގަށް ލިބިފައިވާކަމަށާއި 2019 އޭޕްރީލް 21 ވަނަ ދުވަހުގެ ރޭ 21:30 އާއި 22:30އާ ދެމެދުގެ ވަގުތެއްގައި ލުތުފަރު، ބޯޓުގައި ހުރި ފަރާތަކާ ދޭތެރޭ އެއްޖިންސުން ގުޅުން ހިންގަން މަސައްކަތްކުރި ކަމަށެވެ. އަދި ލުުތުފަރު މަރާލާފައިވަނީ އެކަމުގެ ނުރުހުމުގައި ކަމަށް މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެކުރިން އަޑުފެތުރިފައިވަނީ ލުތުފަރު މަރާލީ ފައިސާގެ މައްސަލައެއްގައި ކަމަށެވެ. 

ލުތުފަރު މަރާލުމުގައި "ކުރިމަގު 1" ގައި އޭނާއާއި އެކު މަސައްކަތް ކުރާ ތިން ބިދޭސީއަކު ބައިވެރިވިއެވެ. ލުތުފަރުގެ މަރާގުޅިގެން ތުހުމަތު ކުރެވޭ އޭނާގެ އެކުވެރިން ވަނީ ފުލުހުންނަށް އެކަން ކުރިގޮތް ކުޅެދީފައެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު