އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސީރިއަސް ޒަހަމްތަކަކާއެކު އިތުރު ފަރުވާއަށް ނަދީމް މާލެއަށް

ސީރިއަސް ޒަހަމްތަކަކާއެކު އިތުރު ފަރުވާއަށް ނަދީމް މާލެއަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު

އައްޑޫ ސިޓީ ހިތަދޫ ބޮޑު މަގުގައި ރޭ ދަންވަރު ކާރަކާއި ސައިކަލެއްޖެހި ހިނގި އެކްސިޑެންޓްގައި، ސީރިއަސް އަނިޔާ ލިބުނު އެރަށު މުތީ، ނަދީމް މޫސާ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

އެނގިފައިވާ ގޮތުގައި ނަދީމް މާލެ ގެނެސްފައިވަނީ ވެންޓިލޭޓަރުގެ އެހީގައެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އިތުރު ފަރުވާއަށް ނަދީމް މާލެ ފުރުވާލިއިރުވެސް އޭނާގެ ހާލު ސީރިއަސް ކަމަށާއި ފޮނުވާލީ އިތުރު ފަރުވާ ދެވެން ނެތިގެން ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ.

އޭނާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސްފައިވާ ކަމަށާއި ލިބިފައިވާ ގެއްލުމުގެ އިތުރު ތަފްސީލު އެނގޭނީ ސީޓީ ސްކޭން ހަދައިގެން ކަމަށް ވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވެފައިވަނީ ރޭ ދަންވަރު 2:42 ހާއިރު ކަމަށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ