އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުއްދަ ނޫން ބެލުންތައް ބެލުމާއި އައުރަ ނިވާނުކޮށް އުޅުމަކީ ރޯދައަށް އުނިކަން ލިބިދާނެ ކަންކަމެކެވެ! ބިރުވެތިވާށެވެ!

ހުއްދަ ނޫން ބެލުންތައް ބެލުމާއި އައުރަ ނިވާނުކޮށް އުޅުމަކީ ރޯދައަށް އުނިކަން ލިބިދާނެ ކަންކަމެކެވެ! ބިރުވެތިވާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 38 ސިކުންތު

ބެލުންތައް ތިރިކުރާށެވެ! އޮތް ބަސްފުޅަކީ ހަމައެކަނި ފިރިހެނުންނަށް އޮތް ބަސްފުޅެއް ނޫނެވެ. އަންހެނުނަންށްވެސް އޮތް ބަސްފުޅެކެވެ. ވީމާ ހުރިހާ މުސްލިމުން ވެސް މި ބަސްފުޅަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންވާނެއެވެ. ޚާއްޞަކޮށް ރޯދައަށް ހުންނައިރުއެވެ. އެކަމުގެ ސަބަބުން ތިމާގެ ރޯދައަށް އުނިކަމެއް އަތުވެދާނެ ކަމަށްޓަކައެވެ.  

މަގުމަތީގައި ނުވަތަ އެހެންވެސް ތަނެއްގައި އުޅޭ އުޅުމުގައި ލޮލާއި ދިމާވާ ތަނެއް ފެނުމަކުން ފާފަވެރިއެއް ނުވާނެއެވެ. ފާފަވެރިވާނީ އެކަމަށް ޝައުޤްވެރިވެ ދެވަނަ ފަހަރު ބެލުމުންނެވެ. 

ރަމަޟާން މަހު ރޯދަ މިހިފަނީ ވަރަށް ބުރަ މަސައްކަތުންނެވެ. ވަރަށް ބޮޑެތި ޤްރްބާނީތަކެއް ވެގެންނެވެ. ހަށިގަނޑަށް ބޮޑެތި ބުރަތަކާއި ތަކްލީފްތައް ޖައްސުވައިގެންނެވެ. ވީމާ ރޯދައަށް ކިތަންމެ ކުޑަ ނަމަވެސް އުނިކަމެއް އަތުވެދާނެ އެންމެހައިކަންކަމުން ދުރުހެލިވާންޖެހޭނެއެވެ. ނޫނީ ހިފި ރާދައިގެ ސަވާބުން ބައެއް އުނިވެގެން ހިނގައިދާނެއެވެ. އެއީ އެއްވެސް މީހަކު އެދޭނެ ކަމެއް ނޫނެވެ. 

ރޯދަ ހިފުމަކީ ހަށިގަނޑުގެ ހުރިހާ ގުނަވަންތަކުން ކުރަން ޖެހޭ ކަމެއް ކަމަށް ބުނެވެނީ އެ ސަބަބަށްޓަކައެވެ. ލޮލާއި ކަންފަތާއި ދުލާއި އަތާއި ފައިން ރޯދަ ނުހިފައި ރޯދައެއް ނުހިފޭނެއެވެ. 

ރޯދަ މަހު މުސްލިމް ބައެއް ޤައުމުތަކުގެ މަގުމަތިން ވަރަށް އާދައާއި ޚިލާފް މަންޒަރުތައް ފެންނާނެއެވެ. އާދައާއި ޚިލާފަށް ނިވާކަން ކުޑަ ހެދުން ލައިގެން ތިބޭ މީހުން ފެންނާނެއެވެ. އެގޮތަށް މަގުމަތީގައި އުޅޭ އަންހެނުން ގިނަވާނެއެވެ. އެއީ ޝައިޠާނާގެ އެޖެންޓުންތަކެވެ. އެ ޖެންޓުންތަކުގެ ބޭނުމަކީ މީސްތަކުންގެ ރޯދައަށް ގެއްލުންދިނުމެވެ.  

ހަމައެއާއިއެކު މިކުރެވެނީ ކިހައިވަރެއްގެ ކަމެއް ކަމާއިމެދު ވިސްނައި ނުލައި ޢައުރަ ނިވާ ނުކޮށް ކުޅިވަރުކުޅެން އުޅޭ ފިރިހެނުން މުސްލިމުންގެ ތެރޭގައިވެސް ދަނީ ގިނަވަމުންނެވެ. އެމީހުންނަށްވެސް ބުނެލަން އޮތީ ތިއަ ކުރެވޭ ކަންތައްތަކަށް ވިސްނައިލާށެވެ. މިސާލަކަށް ފުޓްބޯޅަކުޅުން ހުއްދައެވެ. ނަމަވެސް ފޫޅާއި ކަކުލާއި ދެމެދު ނިވާނުކުރާނަމަ އެހުރެވެނީ އައުރަ ނިވާކޮށްގެން ކަމަކަށް ނުވާނެއެވެ. ރޯދައަށް ހުރެ އައުރަ ނިވާ ނުކޮށް އުޅުމަކީ ކިހައިވަރެއްގެ ކަމެއް ކަމާއިމެދު އަމިއްލައަށް ވިސްނައިލާށެވެ. 

ރޯދަވެރިން މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެއެވެ. ހިފާ ރޯދަ ރޯދައަކަށް ހެދޭނީ އެއިރުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް