އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފާފަ ނުފުއްސަވާނެ ކަމަށް ޤަބޫލުކުރުމަކީ ކުރެވޭނެ އެންމެ ބޮޑުފާފަ!: ޑރ. ޝިހާމް

ފާފަ ނުފުއްސަވާނެ ކަމަށް ޤަބޫލުކުރުމަކީ ކުރެވޭނެ އެންމެ ބޮޑުފާފަ!: ޑރ. ޝިހާމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

ކިތަންމެ ގިނައިން ފާފަ ކުރެވިފައިވީނަމަވެސް އެމީހަކު ތައުބާވެ ފާފަ ފުއްސަވައި ދެއްވެވުމަށް ހިތުގެ އިޚްލާޞްތެރިކަމާއިއެކު އެދި ދެންނެވުމުން ﷲ ތަޢާލާ އެމީހެއްގެ ފާފަތައް ފުއްސަވައިދެއްވަވާނެތެވެ. ﷲ ތައާލާއީ "ޣަފޫރުއްރަޙީމް"އެވެ. ގިނަގިނައިން ފާފަ ފުއްސަވައިދެއްވަވާ ރަސްކަލާނގެއެވެ. އެއީ އެކަލާނގެ ވަޙީ ބަސްފުޅެވެ. 

މިކަން ބަޔާން ކުރައްވަވައި ކީރިތި ޤްރްއާނުގެ 34 އާޔަތުގައި މީސްތަކުން ތައުބާވުމުން ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމަށް ވަނީ ވަހީ ކުރައްވަވައިފައެވެ. އެހެންކަމަށްވާއިރު ތިމާގެ ފާފަތައް ފުއްސަވައި ނުދެއްވަވާނެ ކަމަށް ޤަބޫލުކުރުމަކީ ކުރެވޭނެ އެންމެ ބޮޑު ފާފައެވެ. ޝަރީކު ކުރުން ފިޔަވައި އެހެން ހުރިހާ ފާފަތަކެއް ﷲ ތައާލާ ފުއްސަވައި ދެއްވަވާނެތެވެ. 

ބައެއް މީހުން ފާފަތައް ކުރުމަށްފަހު ދެރަވެމޭ އެބަ ބުނެއެވެ. ފާފަކުރުމަށްފަހު ދެރަވަމޭ ހަމައެކަނި ބުނެލުމަކުން ނުފުދޭނެއެވެ. ފާފަކުރެވުމުން ދެރަވުމަކީ ކުރެވުނު ފާފަ އާއިމެދު ހިތާމަކުރުމެވެ. އަދި ތައުބާވުމަށް އަވަސްވެގަތުމެވެ. 

ފާފަކުރެވުމުން ދެރަވާ ވާހަކަ ބުނަން ޖެހޭނީ ރައްޓެހިން ގާތަކު ނޫނެވެ. ރައްޓެހިން ގާތު އެވާހަކަ ކިތަންމެ ވަރަކަށް ދެއްކި ނަމަވެސް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އެވާހަކަ ދަންނަވަން ޖެހޭނީ ﷲ ތަޢާލާއަށެވެ. އެކަންކުރަން ޖެހޭނީ އެމީހެކެވެ. ﷲ ތަޢާލާއަށް އެވާހަކަ ދެންނެވުމަކީ ތައުބާވުމެވެ. 

ފާފަ ފުއްސަވައި ދެއްވެވުން އެދި ގިނަގިނައިން ދަންނަވާށެވެ. ﷲ ތައާލާގެ މަތިވެރި އިސްމުފުޅުތައް ދަސްކޮށް އެ އިސްމްފުޅުތަކުން ދަންނަވާށެވެ. 

- ފުރްޤާން މިސްކިތުގައި ޑރ. ޢަބްދުﷲ ޝިހާމް މިއަދު ދެއްވި ދަރުސުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް