އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މީހުން ދިރިއުޅޭ ރަށްރަށުގަ ނިވާކަން ކުޑަ ހެދުން ލައިގެން އުޅުން ހުއްޓުވަން މަސައްކަތްތަކެއް ކުރަނީ!

މީހުން ދިރިއުޅޭ ރަށްރަށުގަ ނިވާކަން ކުޑަ ހެދުން ލައިގެން އުޅުން ހުއްޓުވަން މަސައްކަތްތަކެއް ކުރަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 56 ސިކުންތު

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ނިވާކަން ކުޑަ ހެދުން ލައިގެން ފަތުރުވެރިން އުޅޭ އުޅުން ހުއްޓުވުމަކަށް ގެންނަން ޓޫރިޒަމް މިނިސްޓްރީން މަސައްކަތްތަކެއް ފަށައިފިއެވެ. 

ޓޫރިޒަމް މިނިސްޓްރީގެ އިސް ބޭފުޅަކު މިއަދު ވިދާޅުވީ ފުރަތަމަ ކަމެއްގެ ގޮތުން އެގޮތަށް އުޅުމަކީ މަނާ ކަމެއްކަން އަނގައިދިނުމުގެ ގޮތުން ކޮންމެ ރަށެއްގައި ވެސް ބޯޑުތަކެއް ބަހައްތާނެ ކަމަށާއި އެގޮތުން ބެހެއްޓި ފުރަތަމަ ބޯޑު މިދިއަ ބުރާސްފަތި ދުވަހު ހުޅުމާލޭގައި ބަހައްޓާފައިވާ ކަމަށެވެ. 

"ދެވަނަކަމެއްގެ ގޮތުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ލައިފްގާޑުން ބޭތިއްބުމުގެ ކަންކަން ކުރިއަށް އޮތް 3 މަހެއްހައި ދުވަހުގެ ތެރޭގައި ނިމޭނެ. ލައިފްގާޑުންގެ އެއް މަސައްކަތަކަށްވާނެ ނިވާކަންކުޑަ ހެދުން ލައިގެން ފަތުރުވެރިން އުޅޭނަމަ އެމީހުންނަށް ނަޞޭޙަތްދީ އެކަން ހުއްޓުވުން."

 

އޭނާ ވިދާޅުވީ މިކަމުގައި ގެސްޓް ހައުސްތަކުގެ އެއްބާރުލުން ލިބުމުގައި ދަތިތައް އެބަހުރި ކަމަށެވެ. އަދި ކައުންސިލް އިދާރާތައް ހުރީ ޓޫރިޒަމް މިނިސްޓްރީގެ ދަށުގައި ކަމަށް ނުވުމުން ކައުންސިލް އިދާރާތައް މެދުވެރިކޮށް ކަންކަން ކުރުވުމުގައިވެސް ދަތިތައް އެބަހުރި ކަމަށެވެ. 

ކުރީގެ "ކަތީބު" ނިޒާމުގައި ސަރުކާރުގެ ކޮންމެ އިދާރާއަކުން ނަމަވެސް ރަށެއްގައި ކަމެއް ތަންފީޒުކުރަން ބޭނުންވެއްޖެ ނަމަ އެކަން ކޮށްދޭނެ ބައަކު ކުއްޔަށް ހިފާކަށް ނުޖެހެއެވެ. ކަތީބުންގެ ބެލުމުގެދަށުން އެކަންކަން ތަންފީޒުކުރެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް