އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިވެހިންނަށް ދަތިވާ ކަންކަމުގަ ސަރުކާރުން އެދުމުން ބޭރު ޤައުމުތަކުން އެހީތެރިކަން ފޯރުކޮށްދީފަ އެބަހުރި!

ދިވެހިންނަށް ދަތިވާ ކަންކަމުގަ ސަރުކާރުން އެދުމުން ބޭރު ޤައުމުތަކުން އެހީތެރިކަން ފޯރުކޮށްދީފަ އެބަހުރި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 4 ސިކުންތު

ދިވެހިންނަށް ބޭރު ޤައުމުތަކަށް ގޮސް އުޅުމުގައި ކުރިމަތިވާ ދަތިތަކަށް ދިވެހި ސަރުކާރުން އެ ޤައުމުތަކާއި މަޝްވަރާކުރުމުން ވަރަށް ބޮޑެތި ކަންކަމުގައި ވެސް ޙައްލުތައް ހޯދައިދީފައި އެބަހުއްޓެވެ. 

އެހެންކަމުން މިހާރު ލަންކާގެ އެއާޕޯޓުގައި ދިވެހި އަންހެނުންގެ ބުރުގާ އެންމެންގެ ކުރިމަތީގައި ނެގުން ނޫން ގޮތެއް ހޯދަން މަޝްވަރާކޮށްފިނަމަ އެނޫން ގޮތެއް ފެނުން ހަމަ ވަރަށް އެކަށީގެންވެއެވެ. ނުދެއްކި ނަމަވެސް އެކަމަށް މަޝްވަރާކުރުމަކީ ސަރުކާރަށް ކުރެވިދާނެކަމެކެވެ.  ނުހުއްޓުވޭނީ ލަންކާގެ އޮފިޝަލުން ބޭނުންވާ ފެންވަރެއްގައި ސެކިޔުރިޓީ ޗެކް ކުރުމެވެ. އެއީ ޤައުމީ ސަލާމަތާއި ބެހޭ ކަމަކަށްވާތީއެވެ. ޗެކްކުރަން ބޭނުން މީހަކު ސެކިޔުރިޓީ ރޫމްތަކަށް ގެންގޮސް ޗެކް ކޮށްދޭތޯ ހުށަހެޅުމަކީ ދިވެހި ސަރުކާރަށް ހުށްހެޅިދާނެ ކަމެކެވެ. 

މީގެ ކުރިން ލަންކާ އިންޑިއާ ފަދަ ޤައުމުތަކުގައި ކުރިމަތިވި މިފަދަ އެތައް މައްސަލަތަކެއް ސަރުކާރުން ވަނީ މަޝްވަރާކޮށްގެން ހައްލު ހޯދައިފައެވެ. ވީމާ މިކަމުގައި މަޝްވަރާ ނުކުރަންވީ ސަބަބެއް ނުއެނގެއެވެ. 

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އަކީ މިއަދު ސަރުކާރާއި ވަރަށް ގާތް ގުޅުމެއް ބާއްވަވާ ބޭފުޅެކެވެ. ރާއްޖޭގައި ބާއްވާ އެމްޑީޕީގެ ޖަލްސާތަކަށް ވަޑައިގެން ތަޤްރީރުވެސް ކުރައްވާ ބޭފުޅެކެވެ. ލަންކާގައި އެހުންނެވި ދިވެހި ސަފީރަކީ ބޮޑުފަޅި ސްރީލަންކާ ރައްޔިތެކެވެ. ސްރީލަންކާގައި ހަމަ ބާރާއި ނުފޫޒު ގަދަ ތަނަވަސްކަން ހުރި ޢާއިލާއެއްގެ ބޭފުޅެކެވެ. 

ސްރީލަންކާގައިވެސް އިންޑިއާގައިވެސް މިބާވަތުގެ ކަންކަމުގައި ދިވެހި ސަރުކާރަށް އެއްބާރުލުން ހޯދޭނެއެވެ. އިންޑިއާ ވިސާ ލިބުމުގައި ލިބިފައިވާ ލުއިފަސޭހަކަން މިކަމުގެ ހެއްކަކަށްފުދޭނެއެވެ. 

އެއްލޮލުން ބަލާ ބައަކަށް ކަންކަން ނުފެނުނު ނަމަވެސް، ސިކުނޑި ރަން ބުއްދި ވެފައި ތިބި ބައަކަށް ކަންކަން ދުނިޔޭގައިވަމުންދާ ގޮތް ނުއެނގުނު ނަމަވެސް ހަމަހޭގައި ތިބެ ވިސްނާ ބައަކަށް ކަންކަން ވަމުން މިދާ ގޮތް އެނގޭނެއެވެ. 

ބުރުގާ ނަގައި އެމީހުން ބުނިހާ ތަނެއް ދައްކަން ތައްޔާރަށް ނެތް އަންހެނުން މިހާރު ސްރީލަންކާއަކަށް ނުދެއެވެ. މިހާރު ދާ ބައަކު އެދަނީ އެމީހުން ބުނިހާ ތަނެއް ދައްކަން ރެޑީގައި ތިބެ އަދި ދައްކާ ހިތުންނެވެ. ރާއްޖެއިން ކަމެއް ނުފުދިގެން ކޮންމެހެން ލަންކާއަށް ދިވެހިން ދާންޖެހެންވީ އެއްވެސް ސަބަބެއް ނެތުމުންނެވެ. 

ނަމަވެސް ސްރީލަންކާއަކީ އެތައް ހާސް ދިވެހި ރައްޔިތުން ދިރިއުޅެމުން ދާ ޤައުމަކަށްވުމުން އެނބުރި ރާއްޖެ އަންނަން ބޭނުންވެގެން އެއާޕޯޓަށް ފުރަން ދިއުމުން އެންމެންގެ ކުރިމަތީގައި ބުރުގާ ނަގައި ބަރަހަނާ ކުރުމަކީ ދިވެހިންނަށް ކުރާ ވަރަށް ބޮޑު އަނިޔާއެކެވެ. އެ އަނިޔާ އެގޮތަށް ކުރުން ހުއްޓުވައިދޭތޯ މަޝްވަރާކޮށްދިނުމަށް ސަރުކާރުގައި އެދުމުން ލަންކާއަށް ނުދާށޭ، ނުދިއައިމަ ބުރުގާއެއް ނުނަގާނޭ ބުނީމާ މިއީ ދެކޮޅު ޖަވާބެއްތޯއެވެ؟

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް