އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުލާ އައުރަ ރައްކައުތެރިކުރާނެ ކަމަށް މީހަކު ޖާމިނުވެއްޖެނަމަ އެމީހަކު ސުވަރުގެ ވެއްދެވުމަށް ރަސޫލް (ޞޢވ) ޖާމިނުވެވަޑައިގަންނަވާނެ!

ދުލާ އައުރަ ރައްކައުތެރިކުރާނެ ކަމަށް މީހަކު ޖާމިނުވެއްޖެނަމަ އެމީހަކު ސުވަރުގެ ވެއްދެވުމަށް ރަސޫލް (ޞޢވ) ޖާމިނުވެވަޑައިގަންނަވާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 10 ސިކުންތު

މީހާގެ ދުލާއި އައުރަ ރައްކައުތެރިކުރާނެ ކަމަށް އެމީހާ ޖާމިނުވެއްޖެނަމަ އެމީހަކު ސުވަރުގެ ވެއްދެވުމަށް ޖާމިނުވެވަޑައިގަންނަވާނެ ކަމަށް ރަސޫލް (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. އަދި އެންމެ ގިނަ ބައަކު ނަރަކައަށްދާނީ އެމީހާގެ ދުލާއި އަޢުރައިގެ ސަބަބުން ކަމަށް ރަސޫލް (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. 

ލުޤްމާންގެފާނުގެ މާލިކު މީހާ ބަކަރިއެއް ކަތިލައި އެއިގެ އެންމެ ރަނގަޅު ބައި ގެނައުމަށް އެންގުމުން ލުޤްމާންގެފާނު ގެންދެވީ އެއިގެ ހިތާއި ދުލެވެ. އަނެއް ދުވަހު ބަކަރީގެ އެންމެ ނުބައި ގުނަވަން ގެންނަވަން ބުނުމުންވެސް ގެންދެވީ ހިތާއި ދުލެވެ. ތަފަތާތު ދެ ވާހަކައެއް ބުނުމުން ވެސް އެކައްޗެއް ގެންދަވާތީ ސުވާލުކުރުމުން ޖަވާބުގައި ލުޤްމާންގެފާނު ވިދާޅުވީ "މި ދެ ގުނަވަން ރަނގަޅުވެއްޖެނަމަ މިއަށްވުރެ ރަނގަޅު ދެ ގުނަވަނެއް ނެތް ކަމަށާއި އަދި މި ދެ ގުނަވަން ނުބައިވެއްޖެ ނަމަ މިއަށްވުރެ ނުބައި ދެ ގުނަވަން ނެތް" ކަމަށެވެ. 

އަޅުގަނޑުމެންނަށް ބުނެވޭ ބަހެއްގެ ސަބަބުން އެއްބައިފަހަރު ސުވަރުގެ އެބަ ވަދެވެއެވެ. އަނެއްބައި ފަހަރު އެބަ ނަރަކައަށް ދާންޖެހެއެވެ. މިހެން މިވަނީ ބުނެވޭ އެއްޗަކީ އަހަރެމެންގެ ކުރިމަތީގައި ކިތަންމެ ކުޑަ އެއްޗަކަށްވީނަމަވެސް މާތްﷲގެ ޙަޟްރަތުގައި އެއީ ކުޑަ އެއްޗަކަސް ނުވާތީއެވެ. 

އެމީހަކު ބުނި ބަހެއްގެ ސަބަބުން ސުވަރުގެ ދެއްވެވިކަން ކީރިތި ޤްރްއާނުން އެނގެން އެބަ އޮތެވެ. މީހާގެ ދުލާއި އައުރަ ރައްކައުތެރިކުރާނެ ކަމަށް އެމީހާ ޖާމިނުވެއްޖެނަމަ އެމީހަކު ސުވަރުގެ ވެއްދެވުމަށް ޖާމިނުވެވަޑައިގަންނަވާނެ ކަމަށް ރަސޫލް (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައިވާއިރު އަޅުގަނޑުމެންނަށް އަޢުރަ ރައްކައުތެރި ކުރެވިދާނެއެވެ. ނަމަވެސް ދޫ ރައްކައުތެރި ކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. 

ވީމާ މިދެ ގުނަވަން ރައްކައުތެރި ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. 

- ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން މިރޭގެ އިޙްޔާ ފޯރަމްގައި ދެއްވި ދަރުސުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް