އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ފުޑްނެސް ބައި ސާ" މެދުވެރިކޮށް ޣައްޒާއާއި ސީރިއާގެ ރައްޔިތުންނަށް އެހީތެރިކަމުގެ އަތެއް!

"ފުޑްނެސް ބައި ސާ" މެދުވެރިކޮށް ޣައްޒާއާއި ސީރިއާގެ ރައްޔިތުންނަށް އެހީތެރިކަމުގެ އަތެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 8 މިނެޓް, 25 ސިކުންތު

ޣައްޒާ އާއި ސީރިއާގައި ދިރިއުޅެމުން އަންނަ ހާލުގައި ޖެހިފައިތިބި އަޅުގަނޑުމެންގެ ލޮބުވެތި މުސްލިމު އަޚުންނާއި އުޚްތުންނަށް އެހީތެރިވުމަކީ އަޅުގަނޑުމެން އެންމެންވެސް ނުހަނު ބޭނުންވާ ކަމެއްކަން ހަމަ ޔަގީނެވެ.

"ފުޑްނެސް ބައި ސާ" ގެ ފަރާތުން މިވަނީ އެކަން ވަރަށް ފަސޭހައިން ފުރިހަމަ ކުރެވޭނެ އިންތިޒާމު ހަމަޖައްސާ ދީފައެވެ.

 

        

 

ގޭގައި ނުހަނު ބުރަކޮށް ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމުގެ ވިޔަފާރި ކުރައްވަމުން ގެންދަވާ ސަމާހަތު އަބްދުއްސައްތާރު (ސާ) އަކީ "ފުޑްނެސް ބައި ސާ" ވުޖޫދަށް ގެނެސްދިން ފަރާތެވެ. އޭނާ އާއި އޭނާގެ ޓީމުގެ ބުރަ މަސައްކަތުން ކާބޯތަކެތި ވިއްކައިގެން ލިބޭ އާމްދަނީން ޕަސެންޓެއް ޣައްޒާ އާއި ސީރިއާގެ ރައްޔިތުންނަށް ހަދިޔާ ކުރުމަށް ނިންމެވީ، ބަޔަކަށް އެހީތެރިވުމުގެ އިޚްލާސްތެރި ވިސްނުމާއެކުގައެވެ.

 

        

 

މިމަސައްކަތާއި ބެހޭ ގޮތުން "މިއަދުނޫހަށް" ދިން ޚާއްސަ ބަސްދީގަތުމެއްގައި ސާ ވިދާޅުވީ، މިމަސައްކަތް އެންމެ ފުރަތަމަ ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު ކަމަށާއި، ރަމަޟާން މަހަށް ޚާއްސަކޮށްގެން ކާނާ ތައްޔާރު ކުރައްވަނީ ރޯދަ ވީއްލާ ގަޑިއަށާއި ތަރާވީޙަށް ކަމަށެވެ. ސީރިއާ އަށާއި ޣައްޒާއަށް އެހީތެރިވުމުގެ ހެޔޮ މަސައްކަތް ފެށީ ރަމަޟާން މަހަށް ޚާއްސަކޮށް ކަމަށް ވެސް ސާ ވިދާޅުވިއެވެ.

 

        

 

"އެންމެ ފުރަތަމަ ފެށުނީ މިދިޔަ އަހަރު އޮކްޓޯބަރގަ. އޮކްޓޯބަރ އިން ފެށިގެން އޯޑަރ ނަގަމުން މިދަނީ. ރޯދަ މަހު، ތަރާވީސް ގަޑިއަށާއި ރޯދަ ވީއްލާ ގަޑިއަށް މިތައްޔާރު ކުރަނީ. އަބަދުވެސް ވަރަށް ކުރަން ބޭނުންވި ކަމެއް، ބަޔަކަށް އެހީތެރިވުމުގެ މަސައްކަތެއް ކުރުމަކީ. އެހެންވެ ހިތައް އެރީ މިރޯދަ މަހު، މިމަސައްކަތުން ލިބޭ އާމްދަނީގެ 15 އިންސައްތަ ސީރިއާ އާއި ޣައްޒާގެ ރައްޔިތުންނަށް ހަދިޔާ ކުރާނަމޭ" ސާ ވިދާޅުވިއެވެ.

"ފުޑްނެސް ބައި ސާ" ގެ ފަރާތުން ޣައްޒާ އާއި ސީރިއާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެނީ، ރާއްޖޭގައި އެމަސައްކަތް ކުރައްވަމުން ގެންދަވާ "އިންޓަނޭޝަނަލް އެއިޑް ކެމްޕޭން" މެދުވެރިކޮށެވެ. އެގޮތުން ދެފަރާތުގެ މެދުގައި ޕާޓްނާޝިޕް ހަދާ، އެއްބަސްވުމެއްގައި ވެސް މިހާރުވަނީ ސޮއި ކޮށްފައެވެ.

 

        

 

ޣައްޒާ އާއި ސީރިއާގެ އިތުރުން އެހީއަށް ބޭނުންވެފައި ތިބި ރާއްޖޭގެ އެކިއެކި ޖަމިއްޔާތަކަށް ވެސް ކުރިއަށް އޮތް އަހަރުތަކުގައި އެހީވާން ވިސްނާފައިވާ ކަމަށް ވެސް ސާ ވިދާޅުވިއެވެ.

 

        

 

"ފުޑްނެސް ބައި ސާ" ގެ ފަރާތުން ކާނާ ޕެކޭޖު ތައްޔާރު ކުރަނީ ދެ ޕެކޭޖަކަށެވެ. އެއީ ދެމަފިރިއަކަށްވާވަރުގެ ޕެކޭޖާއި ފެމިލީ ޕެކޭޖެވެ. އޯޑަރު ނަގަނީ ކޮންމެ ދުވަހެއްގެ މެންދުރު 12 ޖެހުމުގެ ކުރިން، "ފުޑްނެސް ބައީ ސާ" ފޭސްބުކް ޕޭޖް އަދި އިންސްޓަގްރާމް މެދުވެރިކޮށެވެ.

މިމަސައްކަތުގައި ސާ އަށް އެންމެ ބޮޑަށް އެހީތެރިވެދެނީ އޭނާގެ ފިރިމީހާއާއި އާއިލާގެ އިތުރުން ގާތް ރަޙުމަތްތެރިންނެވެ.

"މިފުރުސަތުގަ އެންމެ ބޮޑަށް ޝުކުރު އަދާ ކުރަން ބޭނުންވަނީ ހެއްދެވި ފަރާތަށާއި ފިރިމީހާއާއި އާއިލާގެ އިތުރުން ގާތް ރަށްޓެހިންނަށް. އެކަނި މަސައްކަތެއް ނޫން މިއީ. އަޅުގަނޑުމެންނަކީ ޓީމެއް. މީގެއިތުރުން އަޅުގަނޑުމެންގެ ބޯކިބާ އަދި ޕުޑިން ފެމިލީ އަށް ވެސް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން، އެއީ އެންމެ  ފުރަތަމަ ދުވަހުން ފެށިގެން މިހާތަނާއި ހަމައަށްވެސް މެދުކެނޑުމެއް ނެތި ދެއްވަމުންދާ އޯޑަރުތަކަށާއި ހިތްވަރަށް" ސާ ވިދާޅުވިއެވެ.

"ފުޑްނެސް ބައި ސާ" ގެ މަސައްކަތް މިދިޔަ އޮކްޓޯބަރ މަހު ފެށިފައިވާއިރު، މިހާތަނަށް 400 އަށްވުރެ ގިނަ އޯޑަރު ލިބިފައިވާ ކަމަށް ވެސް ސާ ވިދާޅުވިއެވެ.

https://www.facebook.com/foodnessbysaa/

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ