އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޯދަ ނުހިފައި އުޅުނު މީހަކު މީރުތަކެތި އަނގައަށް ލުމުން ބަދަލުވަނީ ކަށިފަޅާފައި އޮންނަ ބިރުވެރި އެއްޗަކަށް! ކާއިރަށް ގޮހޮރު ފޫއަލޫވާލާ!

ރޯދަ ނުހިފައި އުޅުނު މީހަކު މީރުތަކެތި އަނގައަށް ލުމުން ބަދަލުވަނީ ކަށިފަޅާފައި އޮންނަ ބިރުވެރި އެއްޗަކަށް! ކާއިރަށް ގޮހޮރު ފޫއަލޫވާލާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 30 ސިކުންތު

އަހަރެންނަކީ އުމުރުން 22 އަހަރުގެ ޒުވާނެކެވެ. ނަމާދުވެސް ކުރަމެވެ. ހެޔޮ ލަފާ އަމަލުތައްވެސް ކުރަމެވެ. ނަމަވެސް ރޯދަ އަށް ފަރުވާ ކުޑަކުރުމަކީ އަހަރެންގެ ކިބައިގައި ހުރި ވަރަށް ނުބައި އާދައެކެވެ. ބޭރުފުށުން އަހަރެން ހުންނަނީ ރޯދައަށެވެ. ނަމަވެސް ބައެއް ދުވަސް ދުވަހު ސިއްރުން ކައިބޮއި ހަދަމެވެ. 

އެއީ މިރަމަޟާން މަހުގެ 3 ވަނަ ރެއެވެ. ފަތިސް ނަމާދުކޮށްގެން ގެއަށްގޮސް ނިދާފައި އޮއްވައި ފެނުނީ ވަރަށް އާދައާއި ޚިލާފް ހުވަފެނެކެވެ. އަހަރެން އޮތީ ހަތަރެސްފައިގައި ޗޭނު ޖަހައި ނަރަކައަށް އެއްލާލައިފައެވެ. ކަރު ހިއްކުމާއި ބަނޑުހައިކަން އިންތިހާއެވެ. މިހެން ބުނެލުމަކުން އެ ހައިހޫނުކަން ސިފަކޮށެއް ނުދެވޭނެއެވެ. ހީވަނީ މަސް ދެމަސްވަންދެން ކާނެ ބޯނެ އެއްވެސް އެއްޗެއް ނުލިބިފައި ހުރި މީހެއް ހެންނެވެ. 

އެ ހާލުގައި އޮއްވައި ފެންނަނީ އަނގަ ކައިރީގައި އަހަރެންނަށް އެންމެ މީރު ކާތަކެތި އެނބުރޭތަކެވެ. އެތަކެއްޗަކީ ދުވާލު ސިއްރުން ކެއުމަށްޓަކައި އަހަރެން ކޮޓަރިއަށް ވައްދާފައި އަބަދުވެސް ބަހައްތާ ތަކެއްޗެވެ. އަނގައާއި ހަމައަށް އައުމުން އަހަރެން އެތަކެތި ކެއުމުގެ ބޭނުމުގައި އަނގަ ޖަހަމެވެ. އަނގަޖަހާއިރަށް އެ އެއެތި ބަދަލުވެގެންދަނީ ނުބައި ސިފައަކަށް އޮންނަ އެއްޗަކަށެވެ. ބޮޑެތި ބިޔަ ކަށިތައްވެސް ފަޅާފައި ހުރެއެވެ. ކާން ބޭނުން ނުވިނަމަވެސް ކެވެއެވެ. ކަރުން އެތެރެވެގެންދަނީ ކަރާއި ގޮހޮރު އިރަމުންނެވެ. އެ ވަގުތު އަޅާ ވޭނުގެ ގަދަ ކަމުގެ ވާހަކަ ހާމަކޮށް ދިނުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އަދި އެންމެ ހައިރާންވާ ކަމަކީ ކަރުން އެތެރެވެގެންދާ ބާރު ސްޕީޑުގައި ގޮސް ފޫކޮޅުން ނުކުމެގެންވެސް ދާކަމެވެ. 

މިފަދަ ޙާލުގައި އުޅެނިކޮށް އަހަރެންނަށް ނިދީން ހޭލެވިއްޖެއެވެ. ބިރުން ތުރުތުރު އަޅައެވެ. މުޅިހަށިގަނޑުން ވަނީ އޮއްދާ ހިއްލައިފައެވެ. ގައިން ފޭބި ދަލުން މުޅި ތަންމަތި ވަނީ ފޯވެފައެވެ. އަހަރެން އަމިއްލަ ނަފުސާއި ސުވާލުކުރީމެވެ. މިއީ ކީއްވެގެން ފެނުނު ހޮވަފެނެއް ބާވައެވެ! ދެލޯ މަރާލައިގެން އޮވެ ވިސްނައިލުމުން އެނގުނީ މިއީ އަހަރެން ރޯދަ ނުހިފާތީ ފެނުނު ހުވަފެނެއް ކަމެވެ. 

އެއިރު ހެނދުނު 7 ޖަހަނީއެވެ. އެނދުން ފައިގައިގެން ހިނގައިގަންނަން އުޅުމުންވެސް ތުރުތުރުއަލާފައި ވެއްޓުނީ ބިންމައްޗަށެވެ. ހިތްވަރުކޮށްލާފައި ތެދުވެގެން ގޮސް ފެންވެރީމެވެ. ކޮޓަރީގައި ޟުޙާ ނަމާދުކުރީމެވެ. އެއަށްފަހު ދެން ދުވަހަކު ވެސް ރޯދައެއް ދޫނުކުރަން ﷲ ތަޢާލާ ގަންދީ ހުވާކުރީމެވެ. އަދި އެދުވަހުން ފެށިގެން ރޯދަ ހިފަން ފޭށީމެވެ. 

އެދުވަހަކު އެވާހަކަ އެއްވެސް މީހަކާއި ހިއްޞާއެއް ނުކުރަމްވެ. ނަމަވެސް 3 ދުވަސް ފަހުން މިސްކިތުން ބައްދަލުވި ޝައިޚަކާއި ހިއްޞާކުރީމެވެ. ޝައިޚް ވިދާޅުވިއެވެ. "ވީކަމެއް ވެދިއައީއެވެ. ރޯދަ ހިފަން ސަމާލުކަން ދޭށެވެ. ތިއަ ހުވަފެނަކީ ތިބާ ނަރަކައިން ސަލާމަތް ކުރެއްވެވުމަށް ﷲ ތަޢާލާ މެދުވެރިވި ސަބަބަކަށްވެދާނެއެވެ. އެކަމަށްޓަކައި ﷲ ތަޢާލާ އަށް ޝުކުރުވެރިވުން ގިނަކުރާށެވެ. ޝުކުރުވެރިވުން ގިނަކުރުމަކީ ހެޔޮ އަމަލުތައް ކުރުން ގިނަކުރުމެވެ. އަދި ވީހައި އަވަހަކަށް ތިބާ ނުހިފައި ދޫކޮށްލި ރޯދަތައް ހިފައި ޤަޟާކުރާށެވެ." 

ﷲ ތަޢާލާގެ ވާގިފުޅާއިއެކު އެކަން އަހަރެން ކުރާނަމެވެ. އަހަރެންނަށް ދޫކޮށްލެވިފައިވާ ހުރިހާ ރޯދައެއް ހިފައި ޤަޟާކުރާނަމެވެ. އަހަރެން މިވާހަކަ ނޫހަކަށް މި ހިއްޞާކުރީ އަހަރެންގެ މިހުވަފެނުން އަހަރެން ފަދަ އެހެން މީހުންނަށް ޢިބްރަތަކަށެވެ. އަހަރެން ފަދައިން ރޯދަ ހިފުމުގައި ފަރުވާ ކުޑަކުރެވޭ މީހުންނަށް ޢިބްރަތަކަށެވެ.

- މިޞުރުގައި ހުންނެވި މިއަދުނޫހުގެ ކިޔުންތެރިއަކު ޙިއްޞާކުރެއްވި ވާހަކައެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް