އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެހެން މީހުން ކުރާ ހެޔޮ ކަމުގެ އަދަދު ބެލުމުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ!

އެހެން މީހުން ކުރާ ހެޔޮ ކަމުގެ އަދަދު ބެލުމުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު

އެއީ ކިތަންމެ ގާތް މީހެއް ނަމަވެސް އެހެން މީހުން ކުރާ ހެޔޮ ކަމުގެ އަދަދު ބެލުމުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ! ނަމަވެސް ކުރަންޖެހޭނެ އެއްކަންތައް އެބަ އޮތެވެ. އެއީ އެމީހަކީ ގާތް މީހަކު ނަމަ ހެޔޮ އަމަލުކުރޭތޯ ބެލުމެވެ. ހަމައެކަނި އެންމެ ބޭނުމަކުއެވެ. ހެޔޮ އަމަލު ނުކުރާނަމަ އެމީހަކާއި ދުރުހެލިވުމަށާއި ހެޔޮ އަމަލުކުރުމަށް ހިތްވަރު ދިނުމެވެ. 

އަނެކާއަކީ ތަންކޮޅެއް މަދުން ހެޔޮ އަމަލުކުރެވޭ މީހަކަށް ވެދާނެއެވެ. ނަމަވެސް ފަރުޟުތައް ބަރާބަރަށް އަދާކުރާނަމަ އެއޮތީ ނިމިފައެވެ. އިތުރަށް ކުރާ ހެޔޮ އަމަލުތައް ތަންކޮޅެއް މަދުވުމަކީ މައްސަލައެއް ނޫނެވެ. މިސާލަކަށް ބޮލިރަވައެއް ތަޅުވާހެން އަނގަހަލުވައި މީހަކު 3 ދުވަހުން ޚަޠިމެއް ކޮށްފާނެއެވެ. ފަރުވާތެރިކަމާއެކު ތަޖުވީދުމަގުން ކިޔަވާ މީހާއަށް ޚަތިމް ކުރެވެނީ މަދުން ކަމަށްވެދާނެއެވެ. އަދި މާނަ އާއިއެކުގައި ކިޔަވާ މީހާއަށް ޚަތިމް ކުރެވޭވަރު އެއަށްވުރެވެސް މަދުވެދާނެ އެވެ. ނަމަވެސް ފައިދާ ބޮޑުވާނީ ކާކަށް ހެއްޔެވެ؟ 

މީގެ އިތުރުން އެހެން މީހުން އަޅުކަންކުރާ މިންވަރު ބަލަން އުޅެން ހަދައިގެން ނުބައި ހީތަކެއްވެސް ކުރެވިދާނެއެވެ. އެކަން ވާނީ ކުރެވޭ ފާފައަކަށެވެ. ވީމާ އެހެން މީހުން އަޅުކަން ކުރާ މިންވަރަށް ބެލުމުގެ ބަދަލުގައި ތިމާއަށް ކުރެވޭ އަޅުކަން އިތުރުކުރެވޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ. އެކަމުން ލިބޭނެ ފައިދާ މާބޮޑުވާނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް