އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަދުގެ ރެސިޕީ: އޯރިއޯ ކްރީމް ޑެޒާޓް

މިއަދުގެ ރެސިޕީ: އޯރިއޯ ކްރީމް ޑެޒާޓް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 11 ސިކުންތު

ބޭނުންވާނެ ތަކެތި:

·        1 ދަޅު ނެސްލޭ ކްރީމް (ކުޑަ ދަޅުނަމަ 3 ދަޅު)

·        8 މޭޒުމަތީ ސަމުސާ ގެރިކިރު (ކޮންޑެންސްޑް މިލްކް)

·        2 ޕެކެޓު އޯރިއޯ ބިސްކޯދު (ބޮޑަށް މީރުވާނީ ވެނީލާ ކްރީމް އޯރިއޯ ބިސްކޯދު)

 

ތައްޔާރު ކުރާނެ ގޮތް:

·        އެންމެ ފުރަތަމަ ބޯތައްޓަކަށް ނެސްލޭ ކްރީމް އެޅުމަށްފަހު އޭގެ ތެރެއަށް ގެރިކިރު އަޅާ، ރަނގަޅަށް އެއްކޮށްލާށެވެ.

·        އެއަށްފަހު ވަކިން ތައްޓަކަށް ދެ ޕެކެޓު އޯރިއޯ ބިސްކޯދުގެ ތެރެއިން 1 ½ ޕެކެޓު ބިސްކޯދު، ދެ ފަޅި ކުރުމަށްފަހު (ކްރީމް ހުރި ބަޔާއި ނެތް ބައި ވަކި ކުރުމަށްފަހު) އެހެން ތައްޓަކަށް ބާކީ ހުރި ބިސްކޯދުކޮޅު (ކްރީމްތައް ވަކި ކުރުމަށްފަހު) ފުނޑުވާލާށެވެ.

·        ދެން އަވަނަށްލާ ކަހަލަ ތައްޓެއްގައި ކުރިން ދެ ފަޅިކުރި ބިސްކޯދުކޮޅު ފަތުރާލުމަށްފަހު، ހުސް ޖާގަތަކަށް ފުނޑުވާފަ ހުރި ބިސްކޯދު އަޅާ، ޖާގަ ފުރާލާށެވެ.

·        ބިސްކޯދުތައް މައްޗަށް، ކުރިން އެއްކުރި ކްރީމްކޮޅު ފަތުރާލުމަށްފަހު އޭގެ މައްޗަށް ފުނޑުވާފަ ހުރި ބާކީ ބިސްކޯދުކޮޅު ބުރުވާލާށެވެ. ބޭނުންނަމަ އިތުރު ލޭޔަރ އެއް ހެދުމަށް އިތުރަށް ބިސްކޯދު ފެތުރުމަށްފަހު އަނެއްކާވެސް އޭގެ މައްޗަށް ކްރީމް އަޅާ، ކްރީމްތަކުގެ މައްޗަށް ފުނޑުވާފަ ހުރި ބިސްކޯދުކޮޅު ބުރުވާލެވިދާނެވެ.

·        މިފޮނި ކާއެއްޗަކީ އާންމުގޮތެއްގައި، ރޭގަނޑު ގަޑީގައި ތައްޔާރު ކުރުމަށްފަހު މުޅި ރޭ އެއްކޮށް ފްރިޖުގައި ބެހެއްޓުމަށްފަހު އަނެއް ދުވަހު ހެނދުނު ބޭނުން ކުރެވިދާނެ ކާއެއްޗެކެވެ. ނަމަވެސް މިއީ ރޯދަމަސް ކަމުގައިވުމުން، ވަރަށް ހެނދުނު ގަޑީގައި މިޑިޝް ތައްޔާރު ކުރެވިދާނެއެވެ. އޭރުން ރޯދަ ވީއްލާ ގަޑިއަށް ހުންނާނީ ތައްޔާރު ވެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ