އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޮބީ ގެ މަރުގެ މައްސަލާގައި ކުށް ސާބިތުވި ދެމީހުން މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި!

ބޮބީ ގެ މަރުގެ މައްސަލާގައި ކުށް ސާބިތުވި ދެމީހުން މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

ތޫނު އެއްޗެހިން ހަމަލާދީ މަރާލި އަބްދުލްމުހީތު (ބޮބީ) ގެ މަރުގެ މައްސަލާގައި ކުށް ސާބިތުވި ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫނާއި ގދ. ގައްދޫ އަބްލަޣީގޭ މުހުޖަތު އަހުމަދު ނާސިހް މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ގ. ވޭރު އަބްދުލް މުހީތް (ބޮބީ) އަށް ފެބްރުއަރީ 2012 ގައި، ހަމަލާދީ މަރާލި މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ މުހީތު މަރުވެފައިވަނީ މައިމޫނާއި މުހުޖަތާއި އިތުރު ބަޔަކު ބައިވެރިވެގެން މުހީތަށް ދިން ހަމަލާތަކުގެ ސަބަބުން ކަމަށާއި ހަމަލާދިން މީހުންނާ އެކު ސައިކަލުތަކުގައި އެތަނަށް ދިޔަަ މީހުންގެ ތެރޭގައި މައިމޫން ހިމެނޭ ކަން އަދި މުހީތަށް ހަމަލާދިން މީހުންގެ ތެރޭގައި މުހުޖަތު ހިމެނޭ ކަން ހެކިންގެ ބަހުންނާއި ގުޅިފައިވާ ގަރީނާތަކުން ސާބިތުވާ ކަމަށް އެ ހުކުމުގައިވެއެވެ.

ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ، އެކަމަކީ މަރަށް މަރު ހިފޭނެ ފަދަ ގަސްދު މަރެއް ކަމަށް އިސްލާމީ ޝަރީއަތުގެ އިލްމުވެރިން އިއްތިފާގުވާ ކަން ފާހަގަކޮށް، އެ ހުކުމުގައިވަނީ ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުން މައިމޫން ކުށްވެރިވާ ކަމަށާއި އަދި މީހަކު މެރުމުގެ ކުށުން މުހުޖަތު ކުށްވެރިވާ ކަމަށް ކަނޑައަޅައި، އެ ދެ މީހުން މަރަން ހުކުމްކުރީ ކަމަށެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު