އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހައިޟުވުން ހުއްޓުވަން ބޭސްކަމުން ރޯދަ ހިފިދާނެ! ނަމަވެސް ރޯދަ ހިފުމަށްޓަކައި ބޭސް ކެއުމެއް ނެތެވެ!: މުފްތީ މެންކް

ހައިޟުވުން ހުއްޓުވަން ބޭސްކަމުން ރޯދަ ހިފިދާނެ! ނަމަވެސް ރޯދަ ހިފުމަށްޓަކައި ބޭސް ކެއުމެއް ނެތެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 19 ސިކުންތު

ޙައިޟުވުން ގަދަ ކަމުން ހުއްޓުވަން ކުރާ މަސައްތަކުގެ ސަބަބުން ސަލާމަތް ނުވެވޭވަރުގެ ބޮޑެތި ބަލިތައް ދަނީ ޖެހެމުން-

 

އިންސާނާ އުފައްދަވައި އިންސާނާއަށް އެންމެ ފައިދާ ހުރި ގޮތުގައި ހަށިގަނޑުގެ ކަންކަން ލައްވަވާފައިވަނީ ﷲ ތައާލާއެވެ. ވީމާ ތިމާ އަމިއްލަ އަށް ބޭނުން ވެގެން ހަށިގަނޑުގެ ނިޒާމުތަކަށް ބަދަލު ގެނައުމަކީ ކުރަން ހެޔޮވާނެ ކަމެއް ނޫނެވެ. 

ބައެއް އަންހެނުންނަށް ޤަބޫލުކުރެވޭ ގޮތުގައި މައްސަރު ކަންތައް ޖެހުމަކީ ނުވަތަ ޙައިޟުވުމަކީ އެމީހުންނަށް ޖެހޭ އިތުރު ތަކުލީފެކެވެ. އެއްބައަކު ހައިޟުވުން ހުއްޓުވަން ބޭސްކޮށް ކަންކަން ކުރަނީވެސް އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރުމުގެ ބޭނުމުގައެވެ. އަނެއް ބައަކު އެކަން ކުރަނީ އެމީހުންގެ ދުނިޔަވީ އުފާތައް ޙާޞިލުކުރަން ގިނަ ވަގުތު ހޯދުމަށެވެ. 

މި ދެ ސަބަބަށް ބެލި ނަމަވެސް ބުނަން އޮތީ މިފަދަ އެއްވެސް ސަބަބަކާއިހުރެ ﷲ ތަޢާލާ ތިބާ އުފެއްދެވި ނިޒާމަށް ބަދަލު ގެންނަން މަސައްކަތް ނުކުރާށެވެ. އެކަމުން ލިބޭނެ ގެއްލުންތައް މާބޮޑުވެދާނެއެވެ. ރަނގަޅަށް އަޑުއަހާށެވެ. އެއްވެސް ބޭހަކީ އެންމެންނަށް އެއްވަރަށް ފައިދާ ކުރާނެ ބޭހެއް ނޫނެވެ. ކޮންމެ ބޭހަކީ އެންމެންނާއި އެއްވަރަކަށް ގުޅޭނެ ބޭހެއް ނޫނެވެ. 

މިފަދަ ކަންކަމަށް ނުވިސްނައި ބޭސްތައް ކެއުމުގެ ސަބަބުން ކެންސަރާއި ކިޑްނީ ފޭލްވުމާއި ހިތުގެ ބަލިތައް ޖެހުމުގެ އިތުރުން ރަހިމުގެ ބަލިތައްވެސް ދަނީ ޖެހެމުންދާ ކަމަށާއި ޓިޔުމަރު އުފެދޭކަމުގެ މައުލޫމާތު ވެސް ދަނީ ލިބެމުންނެވެ. 

ކަންކަނަ މިހެން ހުރި ނަމަވެސް އަންހެނަކު  ކޮންމެހެން ހައިޟުވުން ހުއްޓުވަން ބޭނުންވެއްޖެނަމަ ޑޮކްޓަރުންނާއި މަޝްވަރާކުރާށެވެ. ބޭހުގެ ހުރި ސައިޑް އިފެކްޓްތައް ދަސްކުރާށެވެ. ހަށިގަނޑަށް އެއްވެސް އަނިޔާއެއް ގެއްލުމެއް ނުލިބޭނެ ގޮތަށް ކަންތައްތައް ކުރާށެވެ. ބޭސްކަމުން ވެސް ރޯދަ ހިފިދާނެއެވެ. ނަމަވެސް ރޯދަ ހިފުމަށްޓަކައި ބޭސްކެއުމެއް ނެތެވެ. 

- މުފްތީމެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު