އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވޮލީ ބޯލް ވެޓަރަންސްގެ އޮނަރަރީ މެންބަރުކަން ރައީސް ޞާލިޙަށް އަރުވައިފި

ވޮލީ ބޯލް ވެޓަރަންސްގެ އޮނަރަރީ މެންބަރުކަން ރައީސް ޞާލިޙަށް އަރުވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 43 ސިކުންތު

"މޯލްޑިވްސް ވޮލީބޯލް ވެޓަރަންސް"ގެ އޮނަރަރީ މެންބަރުކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް މޯލްޑިވްސް ވޮލީބޯލް ވެޓަރަންސްގެ އޮނަރަރީ މެންބަރުކަން އަރުވާފައި ވަނީ މޯލްޑިވްސް ވޮލީބޯލް ވެޓަރަންސްގެ މެންބަރުންނާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުވުކުރެއްވުމުގައި މޯލްޑިވްސް ވޮލީބޯލް ވެޓަރަންސްގެ ފަރާތުން، ކުޅިވަރުގެ ދާއިރާއިން ކުރިޔަށްގެންދިއުމަށް ރާވާފައިވާ ބައެއް ޕްރޮގްރާމުތަކާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވިއެވެ. އަދި ވޮލީގެ ދާއިރާއާ ޚާއްޞަކޮށް ކުޅިވަރުގެ ދާއިރާއިން ބޭނުންވާ ބައެއް ކަންކަން ވޮލީބޯލް ވެޓަރަންސްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކުޅިވަރުގެ ދާއިރާއިން ސަރުކާރުން ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ބައެއް މަޝްރޫޢުތަކާއި ޕްރޮގްރާމުތަކުގެ މަޢުލޫމާތު މޯލްޑިވްސް ވޮލީބޯލް ވެޓަރަންސްގެ މެންބަރުންނާއި ހިއްސާ ކުރެއްވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް