އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނބިދަރިންނާއެކު ސުންނަތް ނަމާދުކުރުން ގިނަ ކުރުމަކީ ވަރަށް ގިނަ ފައިދާތައް ހާޞިލުކުރެވޭނެ ކަމެއް: ޝައިޚް މަންޞޫރު

އަނބިދަރިންނާއެކު ސުންނަތް ނަމާދުކުރުން ގިނަ ކުރުމަކީ ވަރަށް ގިނަ ފައިދާތައް ހާޞިލުކުރެވޭނެ ކަމެއް: ޝައިޚް މަންޞޫރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު

ސުންނަތް ނަމާދުތައް ކުރުން އެންމެ ރަނގަޅީ ޢާއިލާ އާއިއެކު ގޭގައެވެ. ޚާއްޞަކޮށް ރޭގަނޑުގެ ފަހު ދަންފަޅީގައި ޢާއިލާ އާއިއެކު ސުންނަތް ނަމާދު ކުރުމަކީ ވަރަށް މަތިވެރި ހެޔޮ އަމަލެކެވެ. ވީމާ ވަގުތު އޮތް ވަރަކުން ޢާއިލާ އާއިއެކުގައި ސުންނަތް ނަމާދުތައް ކުރާށެވެ. 

ދުޢާ އިޖާބަ ކުރެއްވެވުން އެންމެ ގާތް ވަގުތަކީވެސް ރޭގަނޑުގެ ފަހު ދަންފަޅިއެވެ. ވީމާ އަނބިން ދަރިން ހޭލައްވާށެވެ. ގިނަ ގިނައިން ހެޔޮ ދުޢާކުރާށެވެ. އެއިރުން ދަރިންނަށްވެސް އެކަން ދަސްވާނެއެވެ. މައިން ބަފައިން އެކަމަށް ދިން ސަމާލުކަން ދަރިންނަށް އެނގުމަކީ އެކުދިންވެސް އެކަމަށް އިތުރަށް ޝައުޤްވެރިވާނެ ކަމެކެވެ. 

ފިރިން އަނބިންނަކީ ޞާލިޙް އަޅުން ކަމުގައި ލައްވަވާތޯ ދުޢާކުރާށެވެ. އަނބިން ފިރިންނަކީ ވެސް ޞާލިޙް އަޅުން ކަމުގައި ލައްވަވާތޯ ދުޢާކުރާށެވެ. ދަރިން ލައްވައިވެސް ދަރިން ބައިވެރިކޮށްގެންވެސް ދުޢާކުރުން ގިނަކުރާށެވެ. 

ގޭގައި ސުންނަތް ނަމާދު ނުކުރެވޭނަމަ ޖަމާއަތުގައިވެސް ރަމަޟާން މަހު ސުންނަތް ނަމާދުތައް ކުރުން ގިނަކުރާށެވެ! 

- ޝައިޚް މުޙައްމަދު މަންޞޫރު

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް