އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަހު ދިހަ ޙާޞިލުކުރެއްވުމަށް ރަސޫލް (ޞޢވ) ކަމަރުކޮޅު އެންމެ ބާރު ކުރެއްވެވި! އަހަރެމެންގެ ޙާލަކީ ކޮބާ!

ފަހު ދިހަ ޙާޞިލުކުރެއްވުމަށް ރަސޫލް (ޞޢވ) ކަމަރުކޮޅު އެންމެ ބާރު ކުރެއްވެވި! އަހަރެމެންގެ ޙާލަކީ ކޮބާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 35 ސިކުންތު

ރަމަޟާން މަހުގެ ފަހު ދިހަ އައިސް ޖެހެނީއެވެ. ޢާއިޝަތުގެފާނު ބަޔާން ކުރައްވަވާފައިވާ ގޮތުގައި ރަމަޟާން މަހުގެ ފަހު ދިހަ ކާމިޔާބު ކުރެއްވެވުމަށްޓަކައި ރަސޫލް (ޞޢވ) މަސަކަތްޕުޅު ކުރެއްވެވި ވަރަށް އަހަރުގެ އެހެން އެއްވެސް ދުވަސްކެއްގައި އަޅުކަން ކުރައްވަވާފައެއް ނުވެއެވެ. ސުވާލަކީ ފަހު ދިހަ އައިސް ޖެހުނު އިރު އަހަރެމެން މިތިބީ ކިހައިވަރަކަށް ތައްޔާރުވެގެން ހެއްޔެވެ؟ 

1000 މައްސަރަށްވުރެ މާތް ކުރެއްވެވި ލައިލަތުލްޤަދްރި ވިލޭރޭ ވަނީ ރަމަމާންމަހުގެ ފަހު ދިހައިގައިކަން އެބަ އެނގެއެވެ. އަދި އެއީ އޮނަހިރި ވިލޭރެއެއްކަންވެސް އެބަ އެނގެއެވެ. މިކަންކަނަ އެނގެނީ ރަސޫލް (ޞޢވ)ގެ ޙަދީޘްފުޅުތަކުންނެވެ. 

ރަސޫލް (ޞޢވ) ފަހު ދިހަ ޙާޞިލުކުރައްވަވަން މަސައްކަތްޕުޅު ކުރެއްވެވީ އޮނަހިރި ރޭތައް ބައްލަވައިގެނެއް ނޫނެވެ. އަދި 27 ވިލޭރޭ ބައްލަވައިގެނެއްވެސް ނޫނެވެ. މުޅި ދިހަ އެކުގައެވެ. ވީމާ އެކަމުގައި ވެސް ޙިކުމަތެއްވާކަން ކަށަވަރެވެ. އަހަރެމެން ވެސް މަސައްކަތްކުރަން ޖެހޭނީ ހަމަ އެގޮތުގައެވެ. 

ފަހުދިހައިގެ ރޭތަކުގައި ރަސޫލް (ޞޢވ) އަވަހާރަފުޅު ނުލައްޕަވައެވެ. ރޭ އަޅުކަމަށް އަނބި އަނބިކަނބަލުންނާއި ޢާއިލާގެ ބޭފުޅުން ހޭފުޅު ލެއްވެވިއެވެ. އަހަރެމެންނަށް މުޅި ރޭ އަޅުކަމުގައި ނުތިބެވިދާނެއެވެ. ނަމަވެސް އަޅުކަންކުރުން ގިނަކުރެވިދާނެއެވެ. އަނބިދަރިން ހޭލުއްވިދާނެއެވެ. އެންމެން އެކުގައި ތިބެގެންވެސް އަޅުކަން ކުރެވިދާނެއެވެ. އެކަން ކަމަށް އެއްވެސް ހުރަހެއް ނެތެވެ. އަދި އެއީ ނުކުރެވޭ ވަރުގެ ކަންކަމެއްވެސް ނޫނެވެ. 

އެނމެ ދިހަ ރޭ އަޅުކަންކޮށްގެން 84 އަހަރު ދުވަހު އަޅުކަންކުރިކަމުގެ ސަވާބު ހޯދެން އޮތްއިރު އެންމެ 10 ރޭ އަޅުކަމުގައި ހޭދަ ނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ އާޚިރަތް އެދޭ ހަމައެކަކުވެސް އެ ދިހަ ރޭ ދޫކޮށެއް ނުލާނެއެވެ. އެ ދިހަ ރޭގައި އަޅުކަން ކުރުން ނޫން އެއްވެސް އަމަލެއް ނުކުރާނެއެވެ. 

މީސްތަކުންނޭވެ! ރަމަޟާން މަހުގެ ފަހު ދިހައިގައި ކުރާ ކޮންމެ ހެޔޮ އަމަލަކީ ޚާއްޞަ އަމަލެކެވެ. ލއިލަތުލްޤަދްރި ވިލޭރޭ 10 ޑޮލަރު ޞަދަޤާތްކޮށްފިނަމަ އެ ޞަދަޤާތް ކުރެވުނީ 300000 (ތިން ލައްކަ) ޑޮލަރެވެ. ވީއިރު ރަމަޟާން މަހުގެ ފަހު ދިހައިގެ ކޮންމެ ރެއަކު 10 ޑޮލަރު ޚަރަދުކުރަން އެންމެ 100 ޑޮލަރު ހޭދަނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ މިބުނި ތިން ލައްކަ ޑޮލަރުގެ އިތުރުން ދެން ޞަދަޤާތްކުރާ 90 ޑޮލަރަށް ދެއްވަވާނެ ސަވާބާއި ދަރުމަ ލަފާކުރަން އެނގޭނީވެސް ކާކަށް ހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް