އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙައިޟުވެގެން ގެއްލޭ ރޯދަ ފަހުން ހިފި ނަމަވެސް ހަމަ ރަމަޟާން މަހު ރޯދަ ހިފި ފަދައެވެ. އަވަސްކުރިވަރަކަށް ލިބޭ ނިޢްމަތް އިތުރުވާނެއެވެ!

ޙައިޟުވެގެން ގެއްލޭ ރޯދަ ފަހުން ހިފި ނަމަވެސް ހަމަ ރަމަޟާން މަހު ރޯދަ ހިފި ފަދައެވެ. އަވަސްކުރިވަރަކަށް ލިބޭ ނިޢްމަތް އިތުރުވާނެއެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 49 ސިކުންތު

ރަމަޟާން މަހު ޙައިޟުވުމުން ބައެއް އަންހެނުން ވަރަށް ބޮޑަށް ކަންބޮޑުވެގެން އުޅެއެވެ. ނަމަވެސް އެއީ ހަމަ ބޭކާރު ކަންބޮޑުވުމެކެވެ. އެހެނީ ޙައިޟުވެގެން ގެއްލޭ ރޯދަ، ފަހުން ޤަޟާކުރި ނަމަވެސް ހަމަ ރަމަޟާން މަހު ރޯދަ ހިފުން ފަދައެވެ. ސަބަބަކީ ޙައިޟުވުމަކީ އެއްވެސް އަނހެނަކު އަމިއްލައަށް ކުރާ ކަމެއް ނޫނެވެ. އެއީ ﷲ ތާޢާލާ މެދުވެރިކުރައްވަވާ ކަމެކެވެ. އެކަމަށް ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ ދުވަހުއެވެ. ކަނޑައަޅުއްވަވާފައިވާ ވަގުތުގައެވެ.

ވީމާ އެއްވެސް އަންހެނަކު އެކަމާއި ދެރަ ނުވާށެވެ! ޙައިޟުގެ ލޭ ހަމަ ފެނުމާއިއެކު ރޯދަ ދޫކޮށްލާށެވެ! އެހެނީ އެހިސާބުން ރޯދަ އެވަނީ ނިމިފައެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިވުމަކީ އެއީއެވެ. ﷲ ތައާލާ ލޯބިވެވޮޑިގެންވަނީ އެކަލާނގެއަށް ކިޔަމަންތެރިވާ އަޅުންނަށެވެ.

އަނެއް ކަމަކީ ރަމަޟާން މަސް ނިމުމުން ދަރަނި ރޯދަތައް ފަހުން ހިފަން ނުބެހެއްޓުމެވެ. ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ޙައްޤުތައް ވީހައި އަވަހަކަށް އަދާކުރަންވާނެއެވެ. އެކަމުގައި އަވަސްވެގަތުމަކީ އިތުރު ސަވާބާއި ދަރުމަ ދެއްވަވާނެ ކަމެކެވެ. އިން ޝާ ﷲ!  

ތިބާއަށް ގެއްލުނީ 10 ރޯދަ ކަމަށްވެދާނެއެވެ. އެ ދިހަ ރޯދަ ހިފައި ނިންމިހާ އަވަހަކަށް މުޅި ރަމަމާން މަހު ރޯދަ ހިފުމުގެ ސަވާބު ﷲ ތަޢާލާ ދެއްވަވާނެތެވެ. ވީމާ ރަމަމާން މަސް ނިމުމާއިއެކު ގެއްލުނު ރޯދަތައް އަވަހަށް ޤަޟާކުރާކުރާށެވެ! މުޅި ރަމަޟާން މަހު ރޯދަ ހިފިކަމުގެ ސަވާބު އަވަހަށް ލިބިގަންނާށެވެ! އެއަށްފަހު ޝައްވާލު މަހުގެ ސުންނަތް 6 ރޯދަ ހިފުމަށް އަވަސްވެގަންނާށެވެ!  

- މުފްތީ މެންކުގެ ދަރުސަކުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް