އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޞިއްޙަތު ރަނގަޅުއިރު އަޅުކަން ނުކުރާނަމަ އެ ނިޢްމަތް އަނބުރައި ގެންދަވާނެ!: މުފްތީ މެންކް

ޞިއްޙަތު ރަނގަޅުއިރު އަޅުކަން ނުކުރާނަމަ އެ ނިޢްމަތް އަނބުރައި ގެންދަވާނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު

ﷲ ތަޢާލާ މީސްތަކުންނަށް ދެއްވަވާ ނިޢްމަތްތައް އަނބުރައި ގެންދަވަނީ އެމީހަކު އެ ނިޢްމަތަސް ޝުކުރުވެރިނުވުމުންނެވެ (އިމްތިޙާނެއްގެ ގޮތުން މެދުވެރި ކުރައްވަވާ ޙާލަތްތަކުގައި މެނުވީ) ވީމާ ރަނގަޅު ޞިއްހަތެއްގައި ލެހެއްޓެވުމުން ﷲ ތާޢާލާގެ މަތިން ހަނދުމަކޮށް ޝުކުރު ނުކުރާނަމަ، އަޅުކަން ނުކުރާނަމަ، އެ ނިޢްމަތް އަނބުރައި ގެންދަވާނެތެވެ. 

އެހާލަތުގައި ބުނަން ޖެހޭނީ އެއީ އަހަރެމެން އަމިއްލައަށް ލިބިގަތް ހާލަތެއް ކަމަށެވެ. އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް އަޅުކަން ކުރަން ހަނދާންވަނީ ބޮޑު ބައްޔެއް ޖެހުމުންނެވެ. ނުވަތަ ބޮޑު މުޞީބާތެއް ޖެހުމުންނެވެ. ޞަދަޤާތްކުރަން ހަނދާންވަނީ ފަޤީރުވުމުންނެވެ. ތަނަވަސްކަމުގައި ހުންނައިރު ޞަދަޤާތްކުރުން މަތިން ހަނދާނެއް ނުހުރެއެވެ.

އަނބިމީހާގެ އޯގާތެރިކަން ހަނދާންވަނީ ވެސް ގެއިން ބޭރަށް ނުނުކުމެވި އަނބިމީހާގެ އެހީތެރިކަމަށް އެދެން ޖެހުމުންނެވެ. ހަމަ އެގޮތަށް ބައެއް އަނބިންނަށް މިހާރަކަށް އައިސް ފިރިމީހާގެ އޯގާތެރިކަން އެނގެނީ ވަރުގަދަ ލަގާއެއް އެހެން ފިރިހެނެއްގެ ކިބައިން ލިބުމުންނެވެ. ޤަބޫލުކުރަން ބޭނުން ނުވި ނަމަވެސް މިއީ މިހާރު ކަންތައްތައްވަމުން އަންނަ ގޮތެވެ. ގިނަ ބައަކު ކުރަމުން ގެންދާ ތަޖުރިބާއެވެ. 

މީސްތަކުންނޭވެ! ގިނަ މީހުންނަކީ އެމީހުންނަށް ނިޢްމަތެއް ދެއްވެވުމުން ﷲ ތަޢާލާގެ މަތިން ހަނދާން ނައްތައިލާ ބައެކެވެ. މިސާލަކަށް ހަޔާތުގެ ބައިވެރިއަކު ދެއްވެވުމުން މުނާސަބާތައް ފާހަގަކުރާއިރު ﷲ ގެ މަތިުން ހަނދާނެއް ނުހުރެއެވެ. ޢީދެއް އަތުވެއްޖެނަމަ ހަނދާނެއް ނުހުރެއެވެ. އެންމެ ކުޑަމިނުން ދަރިއަކު ދެއްވެވުމުން ޝުކުރުކޮށްލަންވެސް ހަނދާން ހުންނަނީ ވަރަށް މަދު މީހެކެވެ. އެކަމުން އެނގެނީ އެމީހުންގެ ކިބައިގައި ތަޤްވާވެރިކަން ކުޑަވެފައިވާ މިންވަރެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް