އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގިރިއަކަށް އެރި ދޯންޏެއް ފުންކޮށްފި

ގިރިއަކަށް އެރި ދޯންޏެއް ފުންކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 46 ސިކުންތު

މަސްވެރިކަމަށްފަހު ދ.ކުޑަހުވަދޫއަށް ދަތުރުކުރަމުންދިޔަ "ޖިހާދު" ނަމަކަށް ކިޔާ ދޯންޏެއް މ.އަތޮޅުގައި އޮންނަ ޗާޔާ ލެގޫން ހަކުރާ ހުރާ ކައިރީ އޮތް ގިރިއަކަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ފުންކޮށްދީފިއެވެ.

ރޭ 23:50 ހާއިރު މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުމާއެކު ސެންޓްރަލް އޭރިއާގެ ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

މި ހާދިސާގައި ފަރަށް އެރި 65 ފޫޓުގެ ޖިހާދު ދޯނި ފުން ވެފައިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިންނާއި ދޯނީގެ ކުރޫއިން ކުރި މަސައްކަތުން ރޭ 00:50 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު ދޯންނަށްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ