އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގާއި ސެމްސަންގް ގުޅިގެން ރޯދަމަހަށް ހާއްސަ ފޮޓޯ ކޮންޓެސްޓެއް ފަށައިފި

ދިރާގާއި ސެމްސަންގް ގުޅިގެން ރޯދަމަހަށް ހާއްސަ ފޮޓޯ ކޮންޓެސްޓެއް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

ދިރާގާއި ސެމްސަންގް ގުޅިގެން ރޯދަމަހަށް ހާއްސަކޮށްގެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި "ރޯދަމޮމެންޓްސް"ގެ ނަމުގައި ފޮޓޯ ކޮންޓެސްޓެއް ފަށާފައިއެވެ. 

މިދިޔަ އަހަރު ދިރާގުން އިންސްޓަގްރާމްގައި އެކަނި ކުރިއަށް ގެންދިޔަ މި ކޮންޓެސްޓް މިއަހަރު ފޭސްބްކް އަދި ޓުވިޓާގައިވެސް ކުރިއަށް ދާނެއެވެ. 

މި ކޮންޓެސްޓް ގައި އިންސްޓަގްރާމް، ފޭސްބްކް ނުވަތަ ޓުވިޓާ ގައި#RoadhaMoments މި ހޭޝްޓެގް ޖެއްސެވުމަށްފަހު ރޯދަ މަހުގެ އެކި އެކި މަންޒަރުތައް ހިއްސާކޮށްލައްވައިގެން ކޮންމެ ހަފްތާއެކު ހޮވާލެވޭ ނަސީބުވެރި އެއް ފަރާތަކަށް ސެމްސަންގް އޭ80 ފޯނެއް ލިބޭނެއެވެ. 

މި ފޯނަކީ ސެމްސަންގުން އަލަށް ތަޢާރަފުކުރި ފޯނެކެވެ. މި ފޯނުގެ އެންމެ ހާއްސަ ކަމަކީ މި ފޯނުގެ ރޮޓޭޓްވާގޮތަށް ފަރުމާކޮށްފައިވާ 48 މެގަޕިކްސަލް ކެމެރާއެވެ. 

މި ކޮންޓެސްޓް ކުރިއަށްދާނީ 7 ޖޫން 2019 ގެ ނިޔަލަށެވެ. މި ކޮންޓެސްޓްގައި ބައިވެރިވުމަށް އެކައުންޓް ވާންޖެހޭނީ ޕަބްލިކް އެކައުންޓަކަށެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު