އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހެޔޮ އަމަލު ކުރަން ނުފެށެނީ ޝައިޠާނާ ތިބާގެ މައްޗަށް ވެރިވެފައިވާ ވަރުންނެވެ! ކޮޅުފައިން ޖަހާ ފައްސައިލާށެވެ!

ހެޔޮ އަމަލު ކުރަން ނުފެށެނީ ޝައިޠާނާ ތިބާގެ މައްޗަށް ވެރިވެފައިވާ ވަރުންނެވެ! ކޮޅުފައިން ޖަހާ ފައްސައިލާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު

ރަމަޟާން މަސް ދެބައިވީއެވެ. ކީރިތި ޤްރްއާން ކިޔެވުން އިތުރުކުރަން ހިތުގައި އޮވެއެވެ. ނަމަވެސް އެކަންކުރަން މާބޮޑު ސަމާލުކަމެއް ނުދެވެއެވެ. ދަމުނަމާދުކުރަންވެސް ހިތުގައި އޮވެއެވެ. ނަމަވެސް ކުރާކަށް އަދިވެސް ނުފެށެއެވެ. އެހެނިހެން ހެޔޮ އަމަލުތައް ކުރަންވެސް ހިތުގައި އޮވެއެވެ. ނަމަވެސް އެއްވެސް ކަމެއް ކުރާކަށް ނުފެށެއެވެ. 

މިހެން މިވަނީ ތިބާގެ ހިތުގައި ހެޔޮ އަމަލުތައް ކުރަން ޝައުޤުވެރިކަން އޮތް ނަމަވެސް ޝައިޠާނާގެ ބާރު ތިބާގެ މައްޗަށް ގަދަވުމުންނެވެ. ވީމާ އެކަމަށް އޮންނާނެ ޙައްލަކީ މާދަމާ ފަށަން މަޑު ނުކުރުމެވެ. ކޮންމެ ކަމެއް ކުރަން އުޅުމުންވެސް މާދަމާ ކުރަން އެ ބުނަނީ ޝައިޠާނާއެވެ. ވީމާ ވަގުތުން ޝައިޠާނާގެ ގައިގައި ކޮޅުފައިން ޖަހާށެވެ. ޝައިޠާނާގެ ގައިގައި ކޮޅުފައިން ޖެހުމަކީ ވަގުތުން ހެޔޮ އަމަލުތައް ކުރަން ފެށުމެވެ. 

ކީރިތި ޤްރްއާން ކިޔަވަން މިއަދު ފަށާށެވެ. މިރޭގެ ދަމު ނަމާދުވެސް ކުރާށެވެ. އެހެނިހެން ހެޔޮ އަމަލުތައް ކުރަންވެސް ހަމަ މިއަދު ފާށާށެވެ! މި ބައްދަލުވުމުން ނުކުތުމުގެ ކުރިންވެސް ކީރިތި ޤްރުއާން ހުޅުވައި އެންމެ އާޔަތެއް ނަމަވެސް ކިޔަވާށެވެ. 

މާދަމާ ކިޔާ އެއްވެސް ދުވަހެއް ނުއޮންނާނެއެވެ. އެއީ އަންނާނެ ވެސް ދުވަހެއް ނޫނެވެ. އެހެން މިބުނީ ހަފަތާގައި ވެސް އެއްވެސް މަހެއްގައި ވެސް މާދަމާ ކިޔާ ދުވަހެއް ނުއޮންނާތީއެވެ. މުސްލިމުންގެ މާދަމާއަކީ އާޚީރަތް ދުވަހެވެ. ޢާޚިރަތެވެ. އެދުވަހަކީ ކިތަންމެ ވަރަކަށް ކުރަން ބޭނުންވި ނަމަވެސް އެންމެ ހެޔޮ އަމަލެއްވެސް އަދި ނުބައި އަމަލެއްވެސް ކުރެވޭނެ ދުވަހެއް ނޫނެވެ. ވީމާ އަޅުކަން ކުރުމާއި ހެޔޮ އަމަލުކުރަން ފެށުމުގައި މާދަމާއަކީ އޮންނަ ދުވަހެއް ނޫނެވެ. އޮންނާނީ މިއަދެވެ. މިވަގުތުން ފެށިގެން ކުރަން ފެށުމެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް