އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙާފިޛުން ފާޚާނާއަށް ވަންނަނީ ހިތް ހިފައިގެން - ޤްރްއާން އަޅާފައި ހުންނަ ފޯނު ހިފައިގެންވެސް ވަދެވޭނެ!: މުފްތީ މެންކް

ޙާފިޛުން ފާޚާނާއަށް ވަންނަނީ ހިތް ހިފައިގެން - ޤްރްއާން އަޅާފައި ހުންނަ ފޯނު ހިފައިގެންވެސް ވަދެވޭނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

ކީރިތި ޤްރުއާން އަޅާފައި ހުންނަ ފޯނު ހިފައިގެން ފާޚާނާއަށް ނުވަދެވޭނެ ކަމަށް ބުނެފާނެއެވެ. ބައެއް މީހުން އެބަ ބުނަންވެސް ބުނެއެވެ. ނަމަވެސް އެއީ ދޮގެކެވެ. ކީރިތި ޤްރްއާން އަޅާފައި ހުންނަ ފޯނު ހިފައިގެން ފާޚާނާއަށް ވަދެވޭނެއެވެ. 

ސްކްރީން ނިއްވައިލީމާ ނިމުނީއެވެ. ކިޔަވްނަ އިންދައި ފާޚާނާއަށް ވަންނަން ޖެހިއްޖެނަމަ ސްކްރީން ނިއްވައިލުމުން ފުދުނީއެވެ. 

ވިސްނާށެވެ. ޙާފިޛެކެވެ. އޭނާއަކީ ޙާފިޛެއް ނަމަވެސް ޤަޟާ ޙާޖަތް ކުރަމުން ޤްރުއާނެއް ނުކިޔެވޭނެއެވެ. އެއްވެސް މީހަކަށް ނުކިޔެވޭނެއެވެ. ނަމަވެސް ކިޔެވުން ހުއްޓައިލުމަށްފަހު ޤަޟާ ހާޖަތް ކުރެވޭނެއެވެ. އެއިރުވެސް އޭނާގެ ހިތުގައި ޤްރްއާން އޮވެއެވެ. ފޯނަކީވެސް ހަމަ އެފަދަ އެއްޗެކެވެ. 

ވީމާ މީސްތަކުންނަށް އޮޅޭ ގޮތަށް މިފަދަ ވާހަކަތައް ނުދައްކާށެވެ!

މުފްތީ މެންކް މިމޭރުމުން ވިދާޅުވެފައިވާއިރު ފޯނު ހިފައިގެން ފާޚާނާއަށް ނުވަދެވޭނެ ކަމުގެ ބިރަށް މިސްކިތުގައި ފޯނުން ކީރިތި ޤްރްއާން ކިޔަވަން ޖެހިލުންވާ ބައަކު އުއުޅެއެވެ. ފޯނު ބާއްވާފައި ފާޚާނާއަށް ވަންނަން ޖެހިލުންވާތީއެވެ. މިހެން މިވަނީ ލިބިފައި ހުންނަ ނުރަނގަޅު މައުލޫމާތުގެ ސަބަބުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް