އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިޚްލާޞްތެރިކަމާއިއެކު ރޯދަ ހިފާ މީހާ ރޯދަ ވީއްލަން ބޭނުންކުރާ ތަކެތި އާދައާ ޚިލާފަށް މީރުކަމުގަ އިޙްޞާޞް ކުރެވޭނެ!

އިޚްލާޞްތެރިކަމާއިއެކު ރޯދަ ހިފާ މީހާ ރޯދަ ވީއްލަން ބޭނުންކުރާ ތަކެތި އާދައާ ޚިލާފަށް މީރުކަމުގަ އިޙްޞާޞް ކުރެވޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 14 ސިކުންތު

ބައެއް މީހުންނަކީ ޢާންމު ދިރިއުޅުމުގައި ބައެއް ތަކްލީފްތަކާއިއެކު އުޅެން ޖެހިފައިވާ މީހުންނެވެ. އެހެން ކަމާއިއެކުވެސް ރަމަޟާން މަހު އިޚްލާޞްތެރިކަމާއިއެކު ރޯދަ ހިފާނަމަ ވަރަށް ގިނަ ކަންކަން ލުއިކަން ފާހަގަކުރެވޭނެއެވެ. ތަކްލީފް އުފުލަން ޖެހުނު ނަމަވެސް އެ ތަކްލީފްތައް އެހެން މަސްމަހަށްވުރެ ލުއިކަން ފާހަގަކުރެވޭނެ އެވެ. ހިތްހަމަޖެހުން ބޮޑުކަންވެސް ފާހަގަކުރެވޭނެއެވެ. އެއީ ރަމަމާން މަހުގައި ﷲ ތައާލާ ލައްވަވާފައިވާ ބަރަކާތުގެ ސަބަބުންނެވެ. 

މިކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ ރޯދަ ވީއްލާ ވަގުތު ބޭނުންކުރާ ކާބޯތަކެތި އާދައާއި ޚިލާފަށް  މީރުކަމުގައި އިޙްޞާޞް ކުރެވުމެވެ. ﷲ ތައާލާ އަންގަވާފައިވާ ގޮތަށް ރޯދަ ހިފައި ރޯދަ ވީއްލާ މީހާއަށް އެކަން ވަރަށް ރަނގަޅަށް އިޙްޞާޞްކުރެވޭނެއެވެ. އެއީ އެތަކެތީގައި ﷲ ތަޢާލާ ލައްވަވާ ބަރަކާތުގެ ސަބަބުންނެވެ. 

ރަމަޟާން މަހަކީ ﷲ ތައާލާ އާއި އޮންނަ ގުޅުންތައް އައުކޮށް އިތުރަށް ބަދަހިކުރުމުގެ މައްސަރެވެ. ރަމަމާން މަހުގައި ކުރާ އަޅުކަމުގެ ސަވާބާއި ދަރުމަ އެހެން މަސްތަކަށްވުރެ އެތައް ގުނައަކަށް އިތުރުކޮށްދެއްވަވާފައިވަނީ އެކަމަށްޓަކައެވެ. ވީމާ ރަމަޟާން މަސް އައުމުން ކޮންމެ މީހަކުވެސް އެކަމަށްޓަކައި ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. މުޅި ރަމަމާން މަސް ޚާއްޞަކުރަންވީ އެކަމަށެވެ. ވީހައި ގިނަ ހެޔޮ އަމަލުތައްކޮށް ވީހައި ބޮޑަށް ﷲ ތާޢާލާ އާއި ކުއްތަންވުމަށެވެ. 

ކޮންމެ މުސްލިމަކީވެސް ﷲ ތަޢާލާ އާއި ކޮންމެވެސް މިންވަރަކަށް ގުޅުން އޮންނާނެ މީހެކެވެ. އެ ގުޅުންތައް އައު ނުކުރާނަމަ އަބަދުވެސް ދާނީ ހީނަރުވުމުންނެވެ. ހީނަރުވަމުން ގޮސް ކެނޑިގެންދާ މިންވަރަށް ކަންކަން ހިނގައިދާނެއެވެ. ވީމާ ރަމަޟާން މަހަކީ އެ ޙާލަތު ބަދަލުކޮށް ﷲ ތަޢާލާ އާއި ތިމާއާއި ދެމެދުގައި އޮންނަ ގުޅުންތައް ތާޒާކުރަން ﷲ ދެއްވަވާފައިވާ ރަނުގެ ފުރުޞަތެވެ. 

ސްޕަމާކެޓުތަކުގައި ސޭލް އެޅުވުމުން ވީހައި ގިނަ ތަކެތި ގަނެ ގޭތެރެ ފުރައިލަމުއެވެ. އަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައި ބޭނުންކުރާނެ ވަރަށްވެސް ތަކެތި ގަންނަމުއެވެ. ރަމަޟާން މަހުގެ މިސާލަކީވެސް ހަމަ އެއީއެވެ. ﷲ ތާޢާލާ ވަނީ ރަމަޟާން މަހު ހިފާ ރޯދައިގެ އިތުރުން ކުރާ ކޮންމެ އަޅުކަމެއްގެ ސަވާބުވެސް އެތައް ގުނައަކަށް އިތުރު ކުރައްވަވައިފައެވެ. ވީމާ ވީހައި ގިނައިން ހެޔޮ އަމަލުތައްކޮށް ވީހައި ގިނަ ސަވާބާއި ފައިދާ ލިބިގަންނަން ގަދައަޅައި މަސައްކަތްކުރަން ޖެހޭނެއެވެ.

މުފްތީ މެންކުގެ ދަރުސަކުން 

 

ހަމަ މިކަމުގައި އެހެން އިލްމުވެރިއަކު ވިދާޅުވެފައިވެއެވެ. 

"ބައެއް މީހުން އެކަން މެދުވެރި ވަނީ އެހައި ބޮޑަށް ބަނޑުހައިވެފައި ހުންނާތީ ކަމަށް ބުނެފާނެއެވެ. އެފަދައިން ބުނާ މީހުން ނިކަން ރޯދަ ނުހިފައި، 14، 16 ވަރަކަށް ގަޑިއިރު ނުކައި ހުރެފައި ހަމަ އެތަކެތި ކައިބަލާށެވެ! ތަފާތު އިޙްޞާޞް ކުރެވޭނެއެވެ. މާނައަކީ ރޯދަ ވީއްލުމާއި އެއް ރަހަ ނުލާނެ ކަމެވެ. ނިކަން އަޖުމަ ބަލައިލަބަލާށެވެ!"

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު