އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ ގެ ލޯބިވެވޮޑިގަތުން އެދި ގިނަގިނައިން ކުރަން ރަސޫލް (ޞޢވ) ޙަދީޘް ކުރައްވަވާފައިވާ ދުޢާއެއް!

ﷲ ގެ ލޯބިވެވޮޑިގަތުން އެދި ގިނަގިނައިން ކުރަން ރަސޫލް (ޞޢވ) ޙަދީޘް ކުރައްވަވާފައިވާ ދުޢާއެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 10 ސިކުންތު

"اللَّهُمَّإنِّيْأسْألُكَحُبَّكَ،وَحُبَّمَنْيُحِبُّكَ،والعَمَلَالَّذييُبلِّغُنِيْحُبَّكَ "

قدقالالنبيصلىاللهعليهوسلم: «أتانيربيعزوجل - يعنيفيالمنام- فقاليامحمدقلاللهمإنيأسألكحبكوحبمنيحبكوالعملالذييبلغنيحبك» (رواهالترمذيوصححه)

رابطالمادة 

ޙަދީޘްފުޅުގެ މާނަ: 

"ތިމަންކަލޭގެފާނަށް ތިމަންކަލޭގެފާނުގެ ވެރި ރައްބު ހުވަފެންފުޅުގައި ފެނިވަޑައިގަތެވެ. ފަހެ އެކަލާނގެ ވަޙީކުރެއްވިއެވެ. " ކަލޭގެފާނު ވިދާޅުވާށެވެ. އިބަ އިލާހުގެ ލޯތްބަށް މިއަޅާ އެދެމެވެ. އަދި އިބައިލާހުދެކެ ލޯބިވާ ފަރާތްތަކުގެ  ލޯތްބަށްވެސް އެދެމެވެ. އަދި އެޢަމަލުތަކުން އިބައިލާހުގެ ލޯބި ލިބެނެވި ޢަމަލުތަކަށްވެސް އެދެމެވެ." 

މިފަދަ ދުޢާތައް ކުރުން ގިނަކުރާށެވެ! ޚާއްޞަކޮށް ރަމަޟާން މަހު އެކަނި އިނދެގެންވެސް ޢާއިލާތައް އެކުގައި ތިބެގެންވެސް މިފަދަ ދުޢާތައް ކުރުން ގިނަކުރަންވާނެއެވެ! މުސްލިމުން އަބަދުވެސް އެންމެ ބޮޑަށް އެދެން ޖެހޭނީ ﷲ ތައާލާގެ ލޯބިވެވޮޑިގަތުމަށެވެ. ﷲ ތައާލާގެ ލޯބިވެވޮޑިގަތުން ލިބިއްޖެ މީހަކަށް އެހިސާބުން އެވަނީ ދުނިޔެއާއި ޢާޚީރަތުގެވެސް ހުރިހާ ކަންކަން ފުރިހަމަވެ ނިމިފައެވެ.، 

- ޝައިޚް މުޙައްމަދު މަންޞޫރު

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް