އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާން ރޭހުގަ މެކުހަށް ޖަހަންވީ ވަގުތުކަން ހަނދާންކޮށް ދިނުމަކީވެސް ސަވާބާއި ދަރުމަ ލިބޭނެ ކަމެއް!

ރަމަޟާން ރޭހުގަ މެކުހަށް ޖަހަންވީ ވަގުތުކަން ހަނދާންކޮށް ދިނުމަކީވެސް ސަވާބާއި ދަރުމަ ލިބޭނެ ކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 13 ސިކުންތު

ދުވުމުގެ ރޭހަށް ބަލާށެވެ. ރޭސް ކާމިޔާބުކުރާ ގިނަ ދުވުންތެރިން ރޭހުގެ ކުރީކޮޅު ދުވާނީ ވަކި ބާރުމިނެއްގައެވެ. މެދުތެރޭގައި ދުވާނީ ވަކި ބާރުމިނެއްގައެވެ. ރޭސް ނިންނަން ދުވާނީ އެންމެ ބާރު މިނުގައެވެ. ރޭސް ކާމިޔާބު ކުރެވޭ ގިނަ މީހުންނަކީ މި އުޞޫލުން ދުވާ ބައެކެވެ. 

ރަމަޟާން މަސްފެށިގެން އައިސް ފަހު ދިހައަށް އެޅެނީއެވެ. މިއީ ކުރިން ބަޔާން ކުރި މިސާލުގައި ބުނި ފަދައިން ރަމަޟާން މަސް ކާމިޔާބުކުރުމުގެ ރޭހުގައި ދުވާ ދުވެލި އެންމެ ބާރުކުރަންވީ ވަގުތެވެ. މި ދިހައިގައި އެކަން ނުކުރެވިއްޖެ މީހަކަށް ރަމަޟާން މަސް ކާމިޔާބެއް ނުކުރެވޭނެއެވެ. އެފަދަ މީހުން ހިމެނޭނީ ފޭލްވެ ބާކީވިމީހުންގެ ތެރޭގައެވެ. 

މަހުގެ ދެވަނަ ދިހަ ނިމިގެންދާއިރު މިވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ވެސް ކުރެވިފައެވެ. އިތުރު ކުޑަ ހިތްވަރެއް ލައި، ކުރާ މަސައްކަތް ހަމަ ތަންކޮޅެއް އިތުރުކޮށްލައިފިނަމަ ރަމަޟާން މަސް ކާމިޔާބުކުރެވޭނެއެވެ. އެކަމަށް ފަސް ޖެހިއްޖެނަމަ މިހައި ތަނަށް ކުރި މަސައްކަތްތައް ވެސް ބޭކާރުވުމަކީ ވަރަށް ގާތް ކަމެކެވެ. 

ވީމާ ތިއަ ލޮބުވެތި އަޚުންނާއި އުޚުތުން ފުރަތަމަވެސް ކުރަންވީ ކަމަކީ ފަހު ދިހައިގެ ދުވަސްތަކުގެ ވަގުތުތައް ހޭދަކުރާނެ ގޮތުގެ ތާވަލެއް އެކުލަވައިލުމެވެ. އަދި ކޮންމެ ގޮތަކުން ނަމަވެސް އެ ތާވަލު ތަންފީޒުކުރުމެވެ. ހިފާ ރޯދައަށް ފައިދާ ނުކުރާނެ އެއްވެސް ކަމެއް އެ ތާވަލުގައި ނުހިމަނާށެވެ. 

މިއީ އައު ވާހަކަތަކެއް ނޫނެވެ. ބައު ނަމަވެސް ފަހު ދިހަ ފެށެން މިހައި ގާތްވުމުން ކޮންމެހެންވެސް ހަދާންކޮށްދޭން ޖެހޭ ކަންކަމެވެ. މިކަންކަން ހަނދާންކޮށް ދިނުމަކީ ހަމައެކަނި ދީނީ ޢިލްމުވެރިންގެ ކަމަކަށްވެސް ނުހަދާށެވެ. ކޮންމެ މީހަކުވެސް އެމީހާގެ ޢާއިލާއަށާއި ރައްޓެހި ރަޙްމަތްތެރިންނަށްވެސް ހަނދާންކޮށްދޭށެވެ. އެކަމުން ލކިބެން އޮތް ސަވާބާއި ދަރުމަވެސް ލިބިގަންނާށެވެ! މިއުޅެނީ ހަމަ މަދުކަމުންނެވެ. އިތުރު ކުރެވެން އޮތް ކޮންމެ ގޮތަކުން ވެސް އިތުރުކުރަން މަސައްކަތްކުރާށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް