އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަފީފަކީ މަޖިލީހުގެ ރައީސް ކަމަށް އެންމެ އެކަށީގެންވާ ބޭފުޅާ: ރައީސް ސޯލިހް

އަފީފަކީ މަޖިލީހުގެ ރައީސް ކަމަށް އެންމެ އެކަށީގެންވާ ބޭފުޅާ: ރައީސް ސޯލިހް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އެންމެ އެކަށީގެން ވަނީ ވިލުފުށީ ދާއިރާ އަށް އިންތިޚާބުވެވަޑައިގެންނެވި ހަސަން އަފީފް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ އެކު ރައްޔިތުންގެ މަޖިލީހުގައި މިރޭ އޮތް ތަރާވީހަކަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ސޯލިހް ވިދާޅުވީ އަފީފްގެ މަސައްކަތް މީގެ ކުރިން ފެނިފައި އެބަހުރިކަމަށާއި އަދި އަސްލަމާ އެކު މަސައްކަތް ކުރެވިފައި އެބަހުރިކަމަށެވެ. އަދި އެމަނިކުފާން ގަބޫލު ކުރާ ގޮތުގައި އަފީފަކީ މިކަމަށް އެންމެ އެކަށީގެންވާ ބޭފުޅާކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ. 

މީގެއިތުރުން މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ފަދަ ބޭފުޅުންނަކީ ވަރަށް ތަޖުރިބާ ލިބިވަޑައިގެންފައި ތިއްބެވި މެމްބަރުން ކަމަށާއި އެބޭފުޅުން ދައްކަވާ މަގުން ކުރިއަށް ވަޑައިގެންފި ނަމަ، ކުރިއަށް އޮތް މަޖިލިސް އެންމެ ރަނގަޅު މަޖިލިހަށް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީން ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ ވިލުފުށީ ދާއިރާ އަށް އިންތިޚާބުވެވަޑައިގެންނެވި ހަސަން އަފީފާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމާއި މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމާއި މަރަދޫ ދާއިރާގެ އިބްރާހިމް ޝަރީފް (މަވޯޓާ)ގެ އިތުރުން މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ.

މި ބޭފުޅުންގެ ތެރެއިން މަޖިލިހުގެ ރައީސް ކަމުގެ ގޮނޑި އަށް އެންމެ ބޮޑަށް ވާދަކުރައްވާ ދެ ބޭފުޅުންނަކީ އަފީފާއި އަސްލަމެވެ.

މަޖިލީހުގެ ރައީސް ކަމަށް އެންމެ އެކަށީގެންވަނީ އަފީފް ކަމަށް ރައީސް ސޯލިހް ވިދާޅުވިއިރު، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސް ކަމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ އަސްލަމް ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު