އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިއްތިކާފަށް މިސްކިތުގައި އިން މީހެއްގެ އައިނު ބިންދާލައިފި!

އިއްތިކާފަށް މިސްކިތުގައި އިން މީހެއްގެ އައިނު ބިންދާލައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު

މިސްކިތުގައި އިއްތިކާފަށް އިން މުސްކުޅި އުމުރުގެ މީހެކެވެ. އޭނާ ކީރިތި ޤްރްއާން ކިޔަވަން އިންދައި ނިދި ޖެހުމުން އޮށޯވެލީ ކިޔަވަން އިން ތަން ފާހަގަވާނެ ގޮތަށް އޭނާގެ އައިނުގެ ދުނިގަޑު ޚަތިމުގެ ތެރެއަށްލައި ޚަޠިމް ލައްޕައިލުމަށްފަހުއެވެ. އޭނާއަށް ހޭލެވުނު އިރު އެތަން  ފެނުނު ޒުވާނަކު އައިސް އޭނާގެ އައިނު ނަގައި ދުނިގަނޑު ބިންދައިލަނީއެވެ. ޚަތިމް ތެރެއަށް ލާފައި އޮތުމުން ރުޅިގަދަވެގެންނެވެ.  

މިހާދިސާއަށް ބަލައިފިނަމަ މުސްކުޅި މީހާ އެކުރީ ކުށެއްވެސް ނޫނެވެ. އެކަމުގެ ސަބަބުން މުޞްޙަފަށް ގެއްލުމެއް ނުލިބޭނަމަ އެއީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ. ނަމަވެސް މިފަދަ އެއްވެސް ކަމަކަށް ވިސްނާ ނުލައި ޒުވާނާ އެކުރި ކަމަކީ މުސްކުޅިޔާގެ ދެލޯ ކޮނެލުން ފަދަ ކަމެކެވެ. އެހެނީ އޭނާއަށް އޭނާގެ އައިނާއި ނުލައި ކީރިތި ޤްރްއާން ނުކިޔެވޭނެތީއެވެ. މިފަދަ އަމަލުތައް ކުރުމަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ކަންކަމެއް ނޫނެވެ.

އެވަރުންވެސް އިއްތިކާފް ދޫކޮށްލާފައި މިސްކިތުން ފައިބަން މުސްކުޅިޔާ ބޭނުމެއް ނުވިއެވެ. ރައްޓެއްސަކު ގެނެސް އެހެން ފްރޭމަކަށް ލޯލައްވައިގެން ގެނުވީއެވެ. އެކަމަށް 1500 ރުފިޔާ ޚަރަދުކުރަންވެސް ޖެހުނެވެ. ނިކަން ބުނެބަލާށެވެ! މިފަދަ ގެއްލުން އެއްވެސް މީހަކަށް ދޭން ހެޔޮވެދާނެ ހެއްޔެވެ؟ މިކަމަށް ޤިޔާމަތް ދުވަހުން ބަދަލުދޭން ނުޖެހޭނެ ކަމަށް ހީކުރަނީ ހެއްޔެވެ؟  

(މިއީ މި ރަމަޟާން މަހު މާލޭގެ މިސްކިތެއްގައި ހިނގާފައިވާ ކަމެކެވެ.)

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް