އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުޅުމީދޫން މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފި

ހުޅުމީދޫން މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 38 ސިކުންތު

 ފުލުހުންގެ އިންޓެލިޖެންސާއި ހުޅުމީދޫގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

އައްޑޫ ސިޓީ ފޭދޫން ފުރައިގެން ހުޅުމީދުއަށް ދަތުރުކުރަމުންދާ ފެރީއަކުން ހުޅުމީދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މެއި 22 ވަނަ ދުވަހުގެ 22:05 ހާއިރު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެކެވެ.

މިދެމީހުން ހުޅުމީދޫ ބަނދަރަށް ފޭބިވަގުތު އެސަރަޙައްދުން ފުލުހުން ފެނުމާއެކު، އެތަނުން އެކަކުގެ އަތުގައި އޮތް ސިނގިރެޓު ފޮއްޓެއް މޫދަށް އެއްލައިލުމުން ފުލުހުން އެ ނަގައި ބަލައިފާސްކުރި އިރު މަސްތުވާތަކެތި  ހުރި  11 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ