އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޗާގޯސް އައިލަންޑްސް މޮރިޝަސް އާ ޙަވާލުނުކުރަން ވޯޓުދިން 6 ޤައުމުގެ ތެރޭގަ ރާއްޖެ އާ އިޒްރޭލް ހިމެނިއްޖެ!

ޗާގޯސް އައިލަންޑްސް މޮރިޝަސް އާ ޙަވާލުނުކުރަން ވޯޓުދިން 6 ޤައުމުގެ ތެރޭގަ ރާއްޖެ އާ އިޒްރޭލް ހިމެނިއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު

ޑިއޭގޯގާސިއާގެ ރަށްތަކުގެ ތެރޭގައި ހިމެނޭ ޗާގޯސް އައިލަންޑްސް މޮރިޝަސް އާ ޙަވާނުކުރަން ވޯޓުދިން 6 ޤައުމުގެ ތެރޭގަ ރާއްޖެ އާ އިޒްރޭލް ހިމެނިއްޖެއެވެ. ރާއްޖެ ޢާއި އިޒްރޭލުގެ އިތުރުން ވޯޓުދީފައިވަނީ ޔޫކޭ. އެމެރިކާ ހަންގަރީ އަދި އޮސްޓްރޭލިއާ އިންނެވެ.

ބުދަ ދުވަހު އދ ގައި ނެގި ވޯޓުގައި 116 ޤައުމަކުން ވަނީ އެރަށްތަކުން 6 މަސް ދުވަސް ތެރޭގައި އިނގިރޭސީން ފޭބުމަށް ގޮވާލައި ވޯޓުދީފައެވެ. 56 ޤައުމަކުން ވަކި ގޮތަކަށް ވޯޓުދީފައެއް ނުވެއެވެ. ނުފޭބުމަށް ވޯޓުދިނީ ރާއްޖެއާ އިޒްރޭލާއެކު އެންމެ 6 ޤައުމަކުންނެވެ.

އިނގިރޭސިން އެ ރަށުގެ ބޭނުން ކުރަނީ އަސްކަރީ ކަންކަމުގައެވެ. ޚާއްޞަކޮށް ފޯޅަވަހިން އެމެރިކާ ހިންގާ ހަނގުރާމައިގެ އޮޕްރޭޝަންތަކަށް އެހީވުމަށް މަގުފަހިކޮށްދޭށެވެ. އެގޮތުން އަފްޣާނިސްތާނު ހަނގުރާމަ އާއި އިރާޤް ހަނގުރާމައިގައި އެތޔައް ހާސް މުސްލިމުން ޝަހީދުކުރަން އިނގިރޭސިން ވަނީ އެމެރިކާއަށް އެހީތެރިވެދީފައެވެ.

އިނގިރޭސި ޑިމޮކްރަސީގެ ދަށުން 1965 ވަނަ އަހަރުން ފެށިގެން އިނގިރޭސި ވިލާތުން ގެންދަނީ އެ ރަށް އަތުލައިގަތުމަށްފަހު މޮރިޝަސްގެ އަތުން މިލްކުވެރިކަން އަތުލައިގަތުމަށް މަސައްކަތްކުރަމުންނެވެ. އިނގިރޭސި ޑިމޮކްރަސީގެ ދަށުން ވަނީ އެރާށުގައި ދިރިއުޅުނު 2000 އެއްހައި މީހުން ރަށުން ބާލައިފައެވެ. ނަމަވެސް ރާއްޖޭގެ ތަރައްޤީއަށްޓަކައި އެއްފަސްކުރުމުގެ ސިޔާސަތުގެދަށުން ރައްޔިތުންގެ ނުރުހުމުގައި ރަށް ބަދަލު ކުރުމަކީ އިނގިރޭސި ޑޮމޮކްރަސީގައި ދެކޮޅުހަދާ ކަމެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް