އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާލޭ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ފަށައިފި

މާލޭ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

މިއަދު ހެނދުނުން ފެށިގެން މާލެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ބޯކޮށް ވާރޭ ވެހި، ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، މަގުތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް އާއި ފަޔަރ އެންޑް ރެސްކިޔު ސަރވިސަސް ގުޅިގެން ކުރިއަށް ގެންދަން ފަށައިފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، ޕަމްޕު ބޭނުން ކޮށްގެން ފެން ހިންދުމުގެ މަސައްކަތް ފަށާފައިވަނީ އައިޖީއެމްއެޗް ކައިރިއާއި، ވެސްޓް ޕާކް ކައިރީގެ އިތުރުން ބޮޑުތަކުރުފާނު މަގުގެ ދުވާ ޓްރެކް ކައިރީގައި ކަމަށެވެ.

އެސަރަޙައްދު ތަކަކީ، މާލެއަށް ބޯކޮށް ވާރޭވެހިއްޖެނަމަ، އާންމުކޮށް އެންމެ ބޮޑަށް ފެންބޮޑުވާ ސަރަޙައްދުތަކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ