އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވިއްސާރައާއި ގުޅިގެން މާލެ ސިޓީ ތައްޔާރީ ޙާލަތަކަށް

ވިއްސާރައާއި ގުޅިގެން މާލެ ސިޓީ ތައްޔާރީ ޙާލަތަކަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު

މިހާރުކުރަމުންދާ ވިއްސާރައާއި ގުޅިގެން ކަމާ ގުޅުންހުރި ހުރިހާ ފަރާތެއް ތައްޔާރީ ޙާލަތުގައި ތިބިކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

 

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭގައި ޤާއިމުކުރެވިފައިވާ 12 ސްޓޯމްވޯޓަރ ޕަމްޕްގެ އިތުރުން އެމްއެންޑީއެފްގެ ޕަމްޕްތަކެއް މިހާރު ޖައްސާފައިވާ ކަމަށެވެ. އަދި ވިއްސާރައިގެ ސަބަބުން ދިމާވާ ކަންކަމާއި އެފަދަ ޚާލަތްތައް އިތުރަށް ގޯސްވިޔަނުދިނުމަށް އެމަރޖެންސީ ރެސްޕޮންސް ޓީމްތަކުން މިހާރުވެސް ޙަރަކާތްތެރިވަމުންދާކަމަށް ޝަމާއު ވިދާޅުވިއެވެ.

 

މާލެއަށް ދިމާވާ ކުއްލި ޙާލަތްތަކުގައި ޢަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކަމާ ގުޅުންހުރި ފަރާތްތަކާއި ގުޅިގެން މާލެސިޓީ ކައުންސިލުން ގެންދަވަނީ ކުރައްވަމުންނެވެ. މިމަސައްކަތުގެ ދަށުން ބޯކޮށް ވާރޭވެހި ފެންބޮޑުވާ ޙާލަތްތަކުގައި ޢަމަލުކުރާނެގޮތުގެ ޕްލޭނެއް އެކުލަވާލުމުގެ މަޝްވަރާ ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީއާއި ސިފައިންނާއި ފުލުހުންގެ އިތުރުން ކަމާ ގުޅުންހުރި ބައެއް މުއައްސަސާތަކާއި ޖަމްޢިއްޔާތައް ގުޅިގެންވަނީ ކުރިއަށްގެންގޮސްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ