އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކާނެ ބޯނެ ލާރިއެއް ނެތި ދެވަނަ ދަރަޖައިގެ ޔަތީމް 5 ކުދިން ބަލާ މައަކު ފަޤީރަކަށް ނުވާނަމަ ފަޤީރަކީ ކޮބާ؟

ކާނެ ބޯނެ ލާރިއެއް ނެތި ދެވަނަ ދަރަޖައިގެ ޔަތީމް 5 ކުދިން ބަލާ މައަކު ފަޤީރަކަށް ނުވާނަމަ ފަޤީރަކީ ކޮބާ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 8 ސިކުންތު

"އަޅުގަނޑަކީ ރާއްޖެތެރެއަށް ނިޞްބަތްވާ އަންހެނެއް. 5 ދަރިން ގޮވައިގެން ދިރިއުޅެނީ ކޮޓަރިއެއް މަހަކު 10000 ރުފިޔާއަށް ކުއްޔަށް ހިފައިގެން. މަސައްކަތު އަންހެނެއްގެ ވަޒީފާ އަދާކުރީމާ މުސާރައަށް ލިބެނީ މަހަކު 6000 ރުފިޔާ. ދަރިންކޮޅު ކިޔަވަން ތިބީމާ ސްކޫލުން ކަނޑާލައިގެން ގެންދަން ނުކުރެގިގެންނާއި ރަށުގައިވެސް އެހިތެރިވާނެ މީހަކު ނެތުމުން ރަށަށް ދެވޭކަށްވެސް ނެތް. ފިރިމީހާ ވަނީ ޒުވާނުންގެ ބަލީގަ ޖެހި 15 އަހަރަށް ޖަލުގަ. އޭނާގެ ޢާއިލާގެ އެއްވެސް އެހީތެރިކަމެއް ނުލިބޭ. ނަމަވެސް މިދިއަ އަހަރުވެސް ކަނޑައެޅީ އަޅުގަނޑު މީ ފަޤީރެއް ނޫން ކަމަށް. އެއީ ވަޒީފާ އަދާކޮށްގެން މުސާރައެއް ލިބޭތީޔޯ! އެ މުސާރަ ޚަރަދުކުރަންޖެހޭ ގޮތާ އަޅުގަނޑު ދިރިއުޅޭ ހާލަކަށް ނުބަލާ!" 

މިއީ ވަރަށް ނިކަމެތި އަންހެނަކު ކިޔައިދިން ވާހަކަތަކެކެވެ. މި ކަމުގެ މައުލޫމާތު އެރުވުމުން ޝައިޚް ޢަލީ ޒައިދު ވިދާޅުވީ އެ އަންހެން މީހާ ބަލަހައްޓަމުން އެނގެންދާ ކުޑަކުދިން ވާނީ ދެވަނަ ދަރަޖައިގެ މިސްކީނު ކުދިންނަށް ކަމަށެވެ. 

އެކުދިންގެ ބައްޕަ ދުނިޔޭގައި އެބަ ހުއްޓެވެ. ނަމަވެސް މަރުވެފައިވުމާއި އެކުދިންނަށް ހުރީ ކޮން ތަފާތެއް ހެއްޔެވެ؟ ޖަލަށް ހިނގައްޖެ ނަމަ ލޮލަށް ފެނިދާނެއެވެ. ނަމަވެސް އެހީތެރިކަމެއް ނުލިބޭނެތީއެވެ. 

ފަޤީރުންގެ މިންގަނޑު ކަނޑައަޅާ އުޞޫލު ސާފުކުރަން މަސައްކަތްކުރުމުން އިސްލާމިކް މިނިސްޓްރީން ބުނީ އެއީ މުހިންމު ސަބަބުތަކަށްޓަކައި ހާމަކުރާ މައުލޫމާތު ނޫން ކަމަށެވެ. "މިއަހަރު ހުޅުވައިލި ފުރުޞަތު ވާނީ މިދިއަ މަހު 28 ގަ ހަމަވެފަ. ވީމާ ލިސްޓުގައި ނަން ނެތިއްޖެނަމަ މިނިސްޓްރީއަށް އައިސް މައުލޫމާތު ސާފުކުރަން އެދުމުން މިނިސްޓްރީން މައުލޫމާތު ސާފުކޮށްދޭނެ." 

އޭނާގެ ފިރިމީހާ ދުނިޔޭގައި ހުރުމުންނާއި ވަޒީފާއެއް އަދާކުރާތީ އެކަނިވެރި މައެއްގެ އިނާޔަތެއްވެސް ނުލިބޭނެއެވެ. ކާނެ އެންމެ ލާރިއެއް ނެތި ސަލާން ޖަހައިގެން ދެވަނަ ދަރަޖައިގެ ޔަތީމް 5 ދަރިން ގެންގުޅޭއިރު ފަޤީރަކަށްވެސް ނުވއެވެ. އެހެންކަމަށްވާއިރު މިފަދަ ނިކަމެތި ޙާލުގައި ދިރިއުޅެމުންދާ އަންހެނުންނަށް ސަރުކާރުން ދޭ މެސެޖަކީ ކޮބައިކަމާއިމެދު ސުވާލު އުފެދެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް