އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބީ.ޖޭ.ޕީ ހޯދި ކާމިޔާބީ އާއި ގުޅިގެން އިންޑިޔާގެ ބޮޑުވަޒީރަށް ރައީސް ޞާލިޙް ތަހުނިޔާ ވިދާޅުވެއްޖެ

ބީ.ޖޭ.ޕީ ހޯދި ކާމިޔާބީ އާއި ގުޅިގެން އިންޑިޔާގެ ބޮޑުވަޒީރަށް ރައީސް ޞާލިޙް ތަހުނިޔާ ވިދާޅުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު

އިންޑިޔާގެ އާންމު އިންތިޚާބުގައި ވެރިކަންކުރާ ބީ.ޖޭ.ޕީ ހޯދި ފުރިހަމަ ކާމިޔާބީ ފާހަގަ ކުރައްވައި، އެކަމަށްޓަކައި އިންޑިޔާގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ ނަރެންދްރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފޯނުން ގުޅުއްވައި ތަހުނިޔާ ވިދާޅުވެއްޖެއެވެ.

އިންޑިޔާގެ ބޮޑުވަޒީރަށް ގުޅުއްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އިންތިޚާބުގެ ކަންކަން ކުރިއަށްދިޔަ ސުލްހަވެރި، ޑިމޮކްރެޓިކް އުސޫލު ފާހަގަ ކުރައްވައި، އިންތިޚާބުގައި ވާދަކުރި ހުރިހާ ކެންޑިޑޭޓުންނަށާއި އިންޑިޔާގެ ރައްޔިތުންނަށްވެސް އެމަނިކުފާނު މަރުހަބާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރަކަށް ނަރެންދްރަ މޯދީ ހޮވިވަޑައިގަތުމަކީ، އިންޑިޔާގެ ކުރިމަގާމެދު އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރަށް ރައްޔިތުން އިތުބާރުކުރާ މިންވަރު ހާމަވެގެންދާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތް ދައުރުގައިވެސް ބޮޑުވަޒީރު މޯދީގެ ސަރުކާރުން އިންޑިޔާއަށް އިތުރު ކުރިއެރުންތައް ގެނެސްދެއްވާނެކަން ޔަގީންކުރައްވާކަމަށާއި، ދިވެހިރާއްޖެއާއި އިންޑިޔާއާ ދެމެދު ޤާއިމުވެފައިވާ ވަރުގަދަ ގުޅުން ކުރިއަށް އޮތްތާނގައި އިތުރަށް ބަދަހިވެގެންދާނެކަން ޔަގީން ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށްޓަކައި ކައިރި މުސްތަގުބަލެއްގައި ދެބޭފުޅުން ބައްދަލުވެވަޑައިގެން، ދެ ޤައުމުގެ ޚާރިޖިއްޔާ ކުރިއެރުވުމަށް މުހިންމު މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު