އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުށް ކުރި މީހުންނާ ކުށް ނުކުރާ މީހުން ޖަލުގަ ތިބޭކަން އަޅުގަނޑުވެސް ޖަލުގަ އޮންނަން ޖެހުމުން އިޙްޞާޞްކުރެވިއްޖެ: ރައީސް މައުމޫން

ކުށް ކުރި މީހުންނާ ކުށް ނުކުރާ މީހުން ޖަލުގަ ތިބޭކަން އަޅުގަނޑުވެސް ޖަލުގަ އޮންނަން ޖެހުމުން އިޙްޞާޞްކުރެވިއްޖެ: ރައީސް މައުމޫން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 16 ސިކުންތު

ކުށް ކުރި މީހުންނާއި ކުށް ނުކުރާ މީހުން ވެސް ޖަލުގަ ތިބޭކަން ޖަލުގައި އޮންނަނަވަން ޖެހިވަޑައިގަތުމުން އިޙްޞާޞްކުރެއްވިއްޖެ ކަމަށް ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިމޭރުމުން ވިދާޅުވެފައިވަނީ ޖަލަށް ފޮތް ހަދިޔާކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ. 

ރައީސް މައުމޫން ވިދާޅުވީ ޖަލުގައި ތިބި ނަމަވެސް އެންމެންގެވެސް އިންސާނީ ޙައްޤުތަކެއްވާ ކަމަށެވެ. އެންމެންނަކީ ރަނގަޅު މީހުންގެ ގޮތުގައި އެނބުރި މުޖުތަމައުއަށް އަންނަން ބޭނުންވާ ބައެއް ކަމަށެވެ. 

ދާދި ފަހަކާއި ޖެހެންދެން ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުން ފޮތް ކިޔުމަކީ ބޮޑު ގޮޅިން ކުޑަގޮޅިއަށް ބަދަލުކޮށް އަދަބު ބޮޑުކުރާ ބޮޑުކުށެކެވެ. އެއިގެ ތެރޭގައި ކީރިތި ޤްރްއާނުގެ ތަރުޖަމާ ވެސް ހިމެނެއެވެ. އެދުވަސްވަރު އެއްވެސް ބާވަތެއްގެ ފޮތެއް ގެންގުޅުމުގެ ހުއްދަ އޮންނަ ހަމައެކަނި ޤައިދީއަކީ 15 އަހަރު ޖަލުގައި ހޭދަކުރުމަށްފަހު މިހާރު އިސްލާމްވެފައިވާ ޗައިނާ ރައްޔިތެކެވެ. 

އެދުވަސްވަރު ޖަލުގައި ގެންގުޅުނު ޑރ. މުޙްޞިން ޚާން ލިޔުއްވާފައިވާ ކީރިތި ޤްރްއާނުގެ އިނގިރޭސި ތަރުޖަމާ ފޮރުވަން ޤައިދީން ދީފައި އޮންނަނީ އޭނާ އަތަށެވެ. ގާޑަކު ހެޔޮކަމުން ސިއްރުން ގެނެސްދީފިނަމަ ނޫނީ އެ ފޮތް އެއްވެސް ގޮޅިއަކަށް ލިބޭނެ ގޮތެއް ނުއޮވެއެވެ. އޭނާ އިސްލާމްވި ސަބަބުތަކުގެ ތެރޭގައި އެ ފޮތް އޭނާ ކިޔުން ވެދާނެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް