އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ދިރާގު ހޮޓްސްޕޮޓް" 15 ސަރަހަދެއްގައި ގާއިމުކޮށްފި

"ދިރާގު ހޮޓްސްޕޮޓް" 15 ސަރަހަދެއްގައި ގާއިމުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 17 ސިކުންތު

ދިރާގާއި މާލެ ސިޓީ ކައުންސިލް ގުޅިގެން މާލެ، ހުޅުމާލެ އަދި ވިލމާލެ ހިމެނޭގޮތަށް ޖުމްލަ 15 ތަނެއްގައި "ދިރާގު ހޮޓްސްޕޮޓް" ގެ ނަމުގައި ވައިފައި ހޮޓްސްޕްޓްތަކެއް ގާއިމްކޮށްފިއެވެ. 

ދިރާގާއި މާލެ ސިޓީ ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގެން "ދިރާގު ހޮޓްސްޕޮޓް" ރަސްމީކޮށް އިފްތިތާހު ކުރުމަށް މިއަދު ހެނދުނު ސަލްޓަން ޕާކުގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ދިރާގު ސީ.އީ.އޯ އަދި އމެނޭޖިންގ ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގުން ކުރިއަށް މިގެންދާ "ޑިޖިޓަލް ރާއްޖެ" ޕްރޮގްރާމްގެ ދަށުން މިއަދު މި ތައާރަފް ކުރެވޭ ދިރާގު ވައިފައި ހޮޓްސްޕޮޓް ތަކަކީ ދިރާގާއި މާލޭ ސިޓީ ކައުންސިލް ގުޅިގެން މާލޭގެ ރައްޔިތުންގެ ލާބަ އާއި މަންފާއަށް އަދި ޒަމާނާ އެކު އެންމެހައި ދިވެހީން ޑިޖިޓަލް ވިއުގާއާއި ގުޅުވާލަން ކުރެވޭ ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ. އަދި މާލޭ ސިޓީ ކައުންސިލާ ގުޅިގެން މިއަދު މަޝްރޫއު ފަށޭ އިރު، މި ހިދުމަތް ފޯރުކޮއްދިނުމަށް ދިރާގަށް ފުރުސަތު ދެއްވީތީ މާލޭ ސިޓީ ކައުންސިލަށް ވަރަށް ބޮޑު ޝުކުރު ދެންނެވިއެވެ.  

މި ހޮޓް ސޮޕްޓްގެ ޒަރިއްޔާއިން ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށްވެސް ހިލޭ 30 މިނެޓަށް ވައިފައި ލިބޭނެއެވެ. މީގެ އިތުރުން ދިރާގު ކަސްޓަމަރުންނަށް ހާއްސަ ކޮށްގެން ކޮންމެ ލޮކޭޝަނަކަށް ވަކި ހާއްސަ ޕެކޭޖްތަކެއްވެސް ވަނީ ތައާރަފުކޮށްފައިއެވެ. 

އިންޓަނެޓަކީ މިހާރު ކޮންމެ މީހެއްގެ ވެސް ޒަރޫރީ އެއްޗެކަށްފައި އޮތުމުންނެވެ. ކެފޭ އެއް ވިއަސް، ރެސްޓޯރަންޓ އެއް ވިއަސް، ކޮންމެ ތަނަކީ މީހާ "ކަނެކްޓް"ވެފައި ވާ ތަނަކަށް މިޒަމާނުގައި ވާންޖެހެވެ.

އެހެންކަމުން މި ހޮޓް ސްޕްޓް ތަކުގައި ހުންނަވައިގެން ފޯނުގައި ޑޭޓާ ހުސްވެފައިހުރި ކަމުގައިވިޔަސް ވަޓްސް އަޕް ކޯލެއް، މުނިފޫހި ފިލުވާލުމަށް އިންސްޓަގްރާމައް ފޮޓޯ އެއް އަޕްލޯޑް ކޮށްލުން ނުވަތަ ވައިބާ އިން ފެމިލީ ގުރޫޕުގައި މެސެޖް ކޮއްލުން ކަހަލަ ކަންތައްތައް ފަސޭހަކަމާއެކު ކޮށްލެވޭނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީދިވެހި ރާއްޖެޑިޖިޓަލް ރާއްޖެ އަކަށް ގެންގޮސްދީ، ދިވެހީން ޑިޖީޓަލް މުސްތަގްބަލަށް ބޭނުންވާނެ ޒަމާނީ ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް