އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަރުކާރުގެ ތެރެއިން ކޮރަޕްޝަން މަރާލާނަން!- މައްސަލައެއް ތުހުމަތު ކުރެވިއްޖެނަމަ ސީދާ އަހަރެންނަށް ރިޕީޓްކުރޭ!: ފިލިޕިންސްގެ ރައީސް

ސަރުކާރުގެ ތެރެއިން ކޮރަޕްޝަން މަރާލާނަން!- މައްސަލައެއް ތުހުމަތު ކުރެވިއްޖެނަމަ ސީދާ އަހަރެންނަށް ރިޕީޓްކުރޭ!: ފިލިޕިންސްގެ ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

- ވިޔަފާރިވެރިންގެ ކޯލްތަކަށް 24 ގަޑިއިރު ޖަވާބުދޭނަން! 

ފިލިޕިންސްގެ ސަރުކާރުގެ ތެރެއިން ކޮރަޕްޝަން "މަރާލާނަން" ކަމަށާއި ވިޔަފާރިވެރިންނަށް ސަރުކާރުގެ ތެރެއިން ކަންކަން ކުރަން ދަތިވެގެން އެމަނިކުފާނަށް ވިޔަފާރިވެރިން ކުރާ ކޯލްތަކަށް 24 ގަޑިއިރު ޖަވާބުދެއްވާނެ ކަމަށް ފިލިޕިންސްގެ ރައީސް ވިދާޅުވެއްޖެއެވެ. 

ޖަޕާނުގެ އިމްޕީރިއަލް ހޮޓަލުގައި ޖަޕާނުގެ ވިޔަފާރިވެރިންނާއި ވާހަކަފުޅު ދައްތަކަވަމުން ދުތާތޭ ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީވެސް އެމަނިކުފާނބުގެ ވެރިކަމެއްގައި ކޮރަޕްޝަން ނުއޮންނާނެ ކަމުގެ ފަޤީންކަން ދެއްވަމުން ކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ ވެރިކަމުގައި ކޮރަޕްޝަނަށް އެއްވެސް ފުރުޞަތެއް ނުއޮންނާނެ ކަމަށެވެ. 

"ފިލިޕިންސްގައި ތިބި ޖަޕާނުގެ ވިޔަފާރިވެރިންވެސް ޖަޕާނުގައި ވިޔަފާރި ފަށަން ބޭނުންވާ މީހުންވެސް ކުރަންޖެހޭނެ ކަމަކީ ކޮރަޕްޝަނުގެ އެއްވެސް ކަމަކަށް ތުހުމަތު ކުރެވިއްޖެ ނަމަ ސީދާ އަހަރެންނަށް އަންގަންވީ. 24 ގަޑިއިރު މަށް ފޯނު ކުރެވޭނެ. އެފަދަ މައްސަލައެއް ހުށަހެޅިއްޖެ ނަމަ ފިޔަވަޅު ނާޅައި ނުނިދާނެކަމުގެ ޔަޤީންކަން ދެން." ރައީސް ވިދާޅުވެފައިވއެވެ.

ފިލިޕިސްގެ ރައީސް ދުތާތޭ ފިޔަވައި މަސްތުވާ ތަކެތި ނައްތައިލަންވެސް ކެރިގެން ކުރިމަތިލާން ކެރޭ ވެރިއެއް ފެނިފައި ނެތްކަން ފާހަގަކުރެވެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް