އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްއެންޑީއެފް ރަން ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެމްއެންޑީއެފް ރަން ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

އެމްއެންޑީއެފް ސަދަން އޭރިއާގެ ފަރާތުން ބާއްވާ "127 ރަން" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހަމައެކަނި ދިވެހިންނަށް ބައިވެރިވެވޭ މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް އެމްއެންޑީއެފް އިން ވަނީ ހުޅުވާލާފައެވެ. 

އެމްއެންޑީއެފް ސަދަން އޭރިއާ އިން ބުނެފައިވަނީ މިއީ އެމްއެންޑީއެފްގެ 127 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރު އެޅުމުގެ ގޮތުން ބާއްވާ ދުވުމެއް ކަމަށާއި މި ދުވުމުގައި ބާއްވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެން ކަމަށެވެ. އެއީ ފަސް ކިލޯމީޓަރު އަދި 10 ކިލޯމީޓަރުގެ ކެޓެގަރީއެވެ.

ކޮންމެ ކެޓަގަރީއަކުން ވެސް އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. ވަނަތަކަށް ހޮވޭ ފަރާތްތަކަށް މެޑަލް އާއި ފައިސާގެ އިނާމު ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ދުވުން އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ހަވީރު އައްޑޫ ސިޓީ މަރަދޫ ފުޓްބޯޅަ ސްޓޭޑިއަމް ސަރަހައްދުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް