އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖިނާއީ ތަހުގީގުތަކާއިގުޅޭ ގާނޫނީ އެހީ ދިނުމުގެ އެއްބަސްވުމެއްގައި ރާއްޖެ އާއި އިންޑިއާ އިން ސޮއި ކުރަނީ!

ޖިނާއީ ތަހުގީގުތަކާއިގުޅޭ ގާނޫނީ އެހީ ދިނުމުގެ އެއްބަސްވުމެއްގައި ރާއްޖެ އާއި އިންޑިއާ އިން ސޮއި ކުރަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

ޖިނާއީ ތަހުގީގުތަކާއިގުޅޭ ގާނޫނީ އެހީ ދިނުމުގެ އެއްބަސްވުމެއްގައި ރާއްޖެ އާއި އިންޑިއާ އިން ސޮއި ކުރާނެކަމަށް ބެލެވޭކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފިއެވެ.

މިއެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ ހޮނިހިރު ދުވަހު ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ކަމަށް ވެސް ބުނެފައި ވެއެވެ.

މިކަމާއި ގުޅޭގޮތުން ރަސްމީ އެއްވެސް އިދާރާއަކުން މިހާތަނަށް އެއްޗެއް ބުނެފައެއްނުވާއިރު މިހާތަނަށް ރަސްމީކޮށް އެނގިފައިވަނީ މޯދީގެ ދަތުރުފުޅުގައި ރައްޔިތުން މަޖިލީހުގައި ތަގުރީރު ކުރައްވާ ގޮަތަށް ހަމަޖެހިފައިވާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުގެ ކަމާބެހޭ އިދާރާތައް ގުޅިގެން މަސައްކަތްކުރެވޭނެ އިންތިޒާމެއްގެ ތެރެއިން އެއް ގައުމުން އަނެއް ގައުމަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އޮނިގަނޑެއް އެކުލަވާލުމުގެ މަޝްވަރާތައް ކުރެވުނުކަމަށާއި އަދި މޯދީ ދަތުރުފުޅުގެ ތެރެއިން ސޮއި ކުރެވޭ އެއްބަސްވުމުގެ ދަށުން މިމަޝްވަރާތަކަށް ރަސްމީ ސިފައެއް ލިބިގެންދާނެކަމަށްވެސް އިންޑިއާގެ ނޫސްތަކުން ބުނެފައިވެއެވެ.

ދެ ދުވަހަށް ކުރައްވާ ދަތުރުފުޅެއްގައި މޯދީ ރާއްޖެ ވަޑައިގަންނަވާއިރު، މިއީ ބޮޑުވަޒީރުގެ މަގާމަށް ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވި ފަހުން މޯދީ ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު