އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގަ ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދު ދޮޅުލައްކައަށް އަރުވާފައި މިވަނީ ބަންގާޅާ ރާއްޖެ އާ ދެމެދު ފެރީ ދުއްވާތީތޯ؟

ރާއްޖޭގަ ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދު ދޮޅުލައްކައަށް އަރުވާފައި މިވަނީ ބަންގާޅާ ރާއްޖެ އާ ދެމެދު ފެރީ ދުއްވާތީތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 21 ސިކުންތު

ރާއްޖެ އާއި އިންޑިއާގެ ކޮޗިނާއި އަދި ރާއްޖެ އާއި މުމްބާއީ އާއި ދެމެދު މީގެ ކުރިންވެސް ފެރީ ދަތުރުތަކެއް ކުރިއެވެ. އެކަމުގެ ސަބަބުން ރާއްޖެއަށް ވަނީ ފައިދާތަކެއްވެސް ކޮށްފައެވެ. އެއިރު ދަތުރުކުރީ ލަގްޒަރީ އުޅަނދުތަކަށްވުމުން ދަތިރުކުރީ ފަތުރުވެރިންނެވެ. މަދު އަދަދެއްގެ ދިވެހިންވެސް ވަނީ ދަތުރުކޮށްފައެވެ. 

ކޮޗިން އާއި ރާއްޖެ އާއި ދެމެދު އަގުހެޔޮ ފެރީ ނިޒާމެއް ޤާއިމުކޮށްފިނަމަ ގިނަ ދިވެހިންގެ ގިނަ ބައަކުވެސް ދަތުރުކުރާނެއެވެ. އެކަމުގެ ފައިދާ އެންމެ ބޮޑަށް ކުރާނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށެވެ. ހެޔޮ އަގުގައި ދަތުރުކުރެވި ބޭނުންވާ މުދާކޮޅު ގަނެލައިގެން ކުދި އަދަދުތަކުން ގެނެވޭނެތީއެވެ. އެއާ ކާގޯއަށް ކުރަން ޖެހޭ ބޮޑު ޚަރަދު އެތައް ގުނައަކުން ކުޑަވެގެންދާނެތީއެވެ. ޖާގަ ނުލިބިގެން ޓްރިވެންޑްރަމް އެއާޕޯޓުގައި މަސްދުވަސްވަންދެން ތާށިވެފައި ހުންނަން ނުޖެހޭނެތީއެވެ. މީގެ އިތުރުން ފެރީގެ އަގު ހެޔޮ ނަމަ ޢާންމު ބަލިތަކުގައި ދާއިމީކޮށް އިންޑިއާއަށް ގޮސް އުޅޭ ދިވެހިންގެ ޖީބުތަކަށްވެސް ލުއިވެގެންދާނެތީ ވެސް ބޮދެތި ފައިދާތަކެއް ކުރާނެއެވެ. 

ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދު ދޮޅުލައްކައަށް އަރުވާފައި މިވަނީ ބަންގާޅާއި ރާއްޖެ އާއި ދެމެދުގައި ފެރީ އެއް ދުއްވާތީތޯއެވެ؟ ރާއްޖޭގައި މީހުން މަރައި ޑްރަގުގެ ވިޔަފާރިކޮށް ހަށިވިއްކައި މިހާރުވެސް ކަންކަން ކުރާމީހުންގެ ތެރޭގައި ހިމެނެނީ ފެރީއަކުން އައި ބައެއްތޯއެވެ؟ ވީމާ ކަންކަން ހިނގަމުންދާ ގޮތާއި ވެރިކަމުގައި ތިބިއިރު ކަންކަން ކުރިގޮތަށް ވިސްނާފައި ވާހަކަ ދެއްކުން ރަނގަޅުވާނެއެވެ. 

މިއީ "އިންޑިއާގެ ކޮޗިން އާއި ދިވެހި ރާއްޖެއާއި ދެމެދު ފެރީގެ ނިޒާމުން ގުޅާލުމުން، ރައްޖެއަށް އިންޑިއާއިން "ޢިލްމެއް ނެތް" ތަންދޮރު ނުދަންނަ މީހުން އަންނަ މިންވަރު ގިނަވެދާނެ ކަމަށާއި މިހާރުވެސް ރާއްޖޭގައި ބިދޭސިން ގިނަވެ މައްސަލައަކަށް ވެފައިވާއިރު، މިކަމުގެ ސަބަބުން ރާއްޖެއަށް އިންޑިއާއިން އަންނަ ޢިލްމެއް ނެތް މީހުންނާއި މަސައްކަތު މީހުންނާއި ބޮޑެތި މުޖުރިމުން އަންނާނެ" ކަމަށް ވިދާޅުވެ އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކަންބޮޑުވުން ފާޅުކުރެއްވުމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އިސް ބޭފުޅަކާއި ވިޔަފާރިވެރިއަކު މިއަދު ހިއްސާކުރި މައުލުމާތުގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް