އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިނގިރޭސި އަންހެނަކު އޭނާގެ ފިރިމީހާ ދުންފަތުގެ އިސްތިއުމާލުކުރާތީ ދަރިފުޅުގެ ގައިގަ އަތްލުން މަނާކޮށްފި

އިނގިރޭސި އަންހެނަކު އޭނާގެ ފިރިމީހާ ދުންފަތުގެ އިސްތިއުމާލުކުރާތީ ދަރިފުޅުގެ ގައިގަ އަތްލުން މަނާކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު

އިނގިރޭސި އަންހެނަކު އޭނާގެ ފިރިމީހާ ދުންފަތުގެ އިސްތިއުމާލުކުރާތީ 7 މަހުގެ ދަރިފުޅުގެ ގައިގައި އަތްލުމާއި ކައިރިވެ އުޅުން މަނާކޮށްފި އެވެ. 

އޭނާ ބުނީ އެކަމަށް ޤާނޫނެއް ނެތް ނަމަވެސް އަދި އޭނާއަކީ ޑޮކްޓަރަކަށް ނުވި ނަމަވެސް އެކަން އޭނާ ކުރީ ދަރިފުޅުގެ ހައްޤުގައި ކަމަށެވެ. ދުންފަތުގެ އިސްތިމާލްކުރާ ބައްޕައިން ދަރިންނާއި ގާތްވެ އުރައި އުޅުމުން ދަރިފުޅުގެ މޫނަށް އެޅޭ ނޭވާއިން ދަރިފުޅަށް ލިބޭ ގެއްލުން އެންމެންނަށްވެސް މިހާރު އެނގޭ ކަމަށެވެ. އެހެންކަމުން މިއީ ދަރިފުޅުގެ ޙައްޤުގައި ކޮންމެ މައަކަށްވެސް ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ. 

އޭނާ ބުނެފައިވަނީ ދަރިފުޅު ދެކެ ބައްޕަ ލޯބިވާނަމަ ދަރިފުޅުގެ ޞިއްޙަތަށް ގެއްލުން ނުދޭނެ ކަމަށެވެ. "ސިގިރެޓް ބުއިމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫން. އަދި ބޯ ސިގިރެޓުން އެހެން މީހުންނަށް ގެއްލުން ދިނުމަކީ ހިންގާ ޖަރީމާއެއް. އަމިއްލަ ދަރިންނަށް ގެއްލުން ދޭނަމަ އެއީ އަދި މާބޮޑު ޖަރީމާއެއް. އަހަރެން ވަރަށް ގިނަ ފަހަރު ނަޞޭޙަތް ދީފިން. އިޞްލާޙް ނުކުރީމަ މި ފިޔަވަޅު އެޅީ. ކުރިއަށް އޮތް 1 މަސް ދުވަސްތެރޭ ދުންފަތުގެ އިސްތިޢްމާލް ކުރުން ހުއްޓާ ނުލައިފިނަމަ އޭނާ އާއިއެކު އެއްގޭގައި ދަރިފުޅު ގޮވައިގެން ނުވެސް އުޅޭނެ ކަމަށްވެސް އޮންނާނީ ބުނެފަ." 

އޭނާގެ މިފިޔަޅާއިމެދު ގިނަ ބައަކު ގެންދަނީ ފާޑުކިޔަމުންނެވެ. ނަމަވެސް އޭނާ ބުނެފައިވަނީ އޭނާގެ ދަރިފުޅު ބަލިވެއްޖެ ނަމަ ފާޑުކިޔާމީހުން އެހީތެރި ނުވާނެ ކަމަށެވެ. އަދި ކެންސަރު ފަދަ ބައްޔެއް ޖެހިއްޖެ ނަމަ އެކަމުގެ ހުރިހާ ހިތާމައެއް ކުރަން ޖެހޭނީ އޭނާއަށް ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް