އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

މަލާއިކަތުންގެ ހެޔޮ ދުޢާ އާއި ﷲ ގެ ރުހިވޮޑިގަތުން އެދޭނަމަ ގޭގައި ނުތިބެ ދަރުސްތަކަށް ގޮސް އަޑުއަހާށެވެ!: މުފްތީ މެންކް

މަލާއިކަތުންގެ ހެޔޮ ދުޢާ އާއި ﷲ ގެ ރުހިވޮޑިގަތުން އެދޭނަމަ ގޭގައި ނުތިބެ ދަރުސްތަކަށް ގޮސް އަޑުއަހާށެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 3 ސިކުންތު

ދުނިޔޭގައި ޓެކްނޮލޮޖީގެ ތަފާތު ވަސީލަތްތައް ޢާންމުވެފައިވުމާއިއެކު ގޭގައި ހުރެގެން ނުވަތަ އެނޫންވެސް ތަނެއްގައި ހުރެގެން ދީނީ ދަރުސްތަކާއި ފޯރަމްތައް ބަލައިލުމަކީ ވަރަށް ފަސޭހައިން ކުރެވެން އޮތްކަމެކެވެ. ދީނީ ޢިލްމުވެރިން ދެއްވަވާ ދަރުސްތައް  އަޑުއެހުމަކީ މައުލޫމާތު މުއްސަނދިވެ ދީނަށް ލޯބި އިތުރުވާނެ ކަމެކެވެ. އަދި ހިތުގައި އުފެދޭ ގިނަ ސުވާލުތަކަށް ޢިލްމުވެރިންގެ އަރިހުން ޖަވާބުވެސް ލިބިގެންދާ ކަމެވެ. 

ވިސްނައިލަންވީ ކަމަކީ ދީނީ ދަރުސް އަޑުއެހުމަށް އެއްވާ އެއްވުންތަކަކީ ﷲ ތަޢާލާ މަތިވެރިކުރަން، ﷲ ތަޢާލާގެ ދީން މަތިވެރިކުރަން އެއްވާ އެއްވުންތައް ކަމެވެ. އެފަދަ ކޮންމެ އެއްވުމެއް ފެށުމާއިއެކު ރަޙްމަތުގެ މަލާއިކަތުން ފައިބައިވަޑައިގެން މުޅި އެ ސަހަހައްދު ވަށައިލައްވަވައެވެ. އެތަނުގައި ތިބި އެންމެންނަށް ހެޔޮ ރަހްމަތް ލެއްވެވުން އެދިވަޑައިގެން ދުޢާކުރެއްވުންމަތީގައި ބައްދަލުވުން ނިމެންދެން މަޑުކުރައްވަވަތެވެ. 

މަލާއިކަތުން ދުޢާކޮށް ދެއްވަވާނީ ހަމައެކަނި ޖުމުލަކޮށް އެތަނުގައި ހާޟިރުވެ ތިބި އެންމެންނަކަށް ނޫނެވެ. ވަކިވަކިން ކޮންމެ މީހަކަށްވެސް ދުޢާކޮށްދެއްވަވާނެތެވެ. އެމީހާގެ ނަން ވިދާޅުވުމާއި ވެސް އެކުގައެވެ. އަދި ބައްދަލުވުން ނިމިގެން ދިއުމުން އެހިސާބުން އެކަން ނިންމަވައިލައްވަވަނީއެއް ނޫނެވެ. ﷲ ތައާލާގެ ޙަޟްރަތަށް ވަޑައިގެން އެކަމުގެ ވާހަކަ ދަންނަވަތެވެ. އެވެނި މީހެއްގެ ދަރި މިވެނި މީހަކު އެ ބައްދަލުވުމުގައި ބައިވެރިވި ކަމުގެ ވާހަކަދަންނަވައެވެ. އަދި އެމީހަކަށްޓަކައި ﷲ ތަޢާލާ ގިނަގުނަވެގެންވާ ނިޢްމަތްތައް މިންވަރު ކުރައްވަވަތެވެ. 

ވިސްނައި ފާހަގަކުރަން އޮތް ކަމަކީ ބައްދަލުވުމަށް ނުގޮސް ގޭގައި ނުވަތަ އެމީހަކު ބޭނުންތަނެއްގައި އިނދެގެން ދަރުސްތައް އަޑުއެހިނަމަވެސް މަލާއިކަތުންގެ ދުޢާ ނުލިބޭނެ ކަމެވެ. ބައްދަލުވުމުގައި ބައިވެރިވވެ ﷲ ތަޢާލާ މަތިވެރިކުރި އަޅުންނަށް ﷲ ތަޢާލާ މިންވަރުފުޅު ކުރައްވަވާ ނިޢްމަތްތައް ނުލިބޭނެ ކަމެވެ. ވީމާ އެމީހަކަށް ވަގުތު އޮތްވަރަކުން ދީނީ ދަރުސްތަކުގައި ބައިވެރިވާން ވާނެއެވެ. މަލާއިކަތުންގެ ހެޔޮ ދުޢާ އާއި ﷲ ތައާލާގެ ރުހިވޮޑިގަތުން ލިބިގަންނަން ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. 

- މުފްތީ މެނަކުގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


20%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
80%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް