އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ކޮންމެ ހާހަކުން 999 މީހުން ނަރަކަށް! - ކުރެވޭ ހެޔޮ ކަންތައް ގިނަވެ ފުދިގެން އުޅޭއިރު ތިބާ ކޮބާ؟: ޝައިޚް ސިރާޖް ވައްހާޖް

ކޮންމެ ހާހަކުން 999 މީހުން ނަރަކަށް! - ކުރެވޭ ހެޔޮ ކަންތައް ގިނަވެ ފުދިގެން އުޅޭއިރު ތިބާ ކޮބާ؟: ޝައިޚް ސިރާޖް ވައްހާޖް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 58 ސިކުންތު

ޤިޔާމަތް ދުވަހު ﷲ ތަޢާލާ އާދަމްގެފާނަށް އަމުރުފުޅު ކުރއްވަވާނީ ހުރިހާ މީސްތަކުން ނަރަކައަށް ލެއްވެވުމަށެވެ. ނަރަކައަށް ލައްވަވަންވީ ކިތައް މީހުންތޯ ސުވާލު ދެންނެވުމުން ﷲ ތަޢާލާ ވަޙީ ކުރައްވަވާނީ ކޮންމެ 1000 އަކުން 999 މީހުން ކަމަށެވެ. 

ރަސޫލް (ޞޢވ) މި ޙަދީޘް ބަޔާން ކުރެއްވެވުމުން ޞަހާބީންގެ ހަތަރު އުދަރެސް ފެނުގައި ޖެހުނެވެ. ފިނިވެ ގަނޑުވިއެވެ. ބިރުން ކީރިތި ކުރެއްވެވުނެވެ. އެބޭކަލުންގެ ހާލާއިމެދު ކަންބޮޑުވެވަޑައިގަތުމުންނެވެ. 

އެބޭކަލުންނަށް އުންމީދެއްވެސް ލިބިވަޑައިގަތީ "ތިމަންކަލޭގެފާނުގެ އުންމަތުގެ ދެބައިކުޅަ އެއްބައި މީހުން ސުވަރުގެ ވައްދަވާނެ ކަމަށް އުންމީދު ކުރައްވަވާ" ކަމަށް ޙަދީޘްފުޅު ކުރެއްވެވުމުންނެވެ. އެބޭކަލުންނަށް ސުވަރުގެ ވަދެވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގެންފާނެ ކަމުގެ އުންމީދު ލިބިވަޑައިގަތުމުންނެވެ. 

މިއަދު މިފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ކިރިޔާ ހެޔޮ އަމަލެއް ކޮށްލެވޭއިރަށް ޤަބޫލުކުރެވެނީ މިހިރީ ސުވަރުގެ ވަދެވިފައި ކަމަށެވެ. ފަރުޟު 5 ނަމާދު ކޮށްލެވުމުން ފުދޭނެ ކަމަށެވެ. ރަވާތިބު ސުންނަތް ނަމާދެއް ކުރަންވެސް ނުޖެހޭނެ ކަމަށެވެ. ދަމުނަމާދެއް އަމުދުން ކުރަން ނުޖެހޭނެ ކަމަށެވެ. ކީރިތި ޤްރްއާން ކިޔެވުމަކީވެސް އަދި ކީރިތި ޤްރްއާނަށް ފުރިހަމައަށް އަމަލުކުރުމަކީވެސް ކޮންމެހެން ކުރަންޖެހޭ ވެސް ކަމެއް ނޫން ކަމަށެވެ. 

މީސްތަކުންނޭވެ! ސުވަރުގެ ލިބިދާނެކަމުގެ އުންމީދެއް ކިރިޔާވެސް ކިރިޔާވެސް ލިބެން މިއޮތީ ހާދަ ގިނަ މަސައްކަތްތަކެއް ކޮށްގެންނެވެ. ވީމާ ސުވަރުގެ ލިބިގަތުމަކީ އެހައި ފަސޭހައިން ޙާޞިލުކުރެވެން އޮތް ކަމެއް ކަމަށް ހީނުކުރާށެވެ! ފަރުވާ ކުޑަނުކުރާށެވެ! ކުރެވެން އޮތް ކިތަންމެ ކުޑަ ކަމެއް ނަމަވެސް ނުކޮށް ދޫކޮށް ނުލާށެވެ! 

- ޝައިޚް ސިރާޖް ވައްހާޖްގެ ދަރުސަކުން 

 

އާރޓިކަލް ރޭޓްކުރައްވާ


43%
ވ.ރަނގަޅު
12%
ރަނގަޅު
18%
އޯކޭ
25%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް